Ads by
ޚަބަރު
އަހަރު ދުވަހަށް ވުރެ އަވަހަށް ހިޔާގައި ލިފްޓު ހަރުކޮށް ނިންމަން ބާރު އަޅާނަން: ރައީސް
ރައީސް މުޢިއްޒު: ވިދާޅުވީ އަހަރު ދުވަހަށް ވުރެ އަވަހަށް ހިޔާގައި ލިފްޓު ހަރުކޮށް ނިންމަން ބާރު އަޅުއްވާނެ ކަމަށް - ފޮޓޯ:ޕީޕީއެމް

އަމާޒަކީ މިހާރު ކަނޑައަޅާފައިވާ ތާރީހުތަކަށް ވުރެ އަވަހަށް ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން ހިޔާ ފްލެޓެއްގައި ދިރިއުޅެމުން އަންނަ މީހަކު ވަނީ ލިފްޓުތައް ހަރުކޮށް ނިމޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށް މިހާރު ކުރެވެމުން ދަނީ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެ މަސައްކަތް ފެށުމަށް ބާރު އަޅުއްވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު އަދިވެސް އިތުރަށް ބާރު އަޅާނަން ވީހާވެސް އަވަހަށް އަމަލީ މަސައްކަތަށް ދާން. މިހާރު ޑިޒައިން މަސައްކަތް ނިމެނީ. ދެން އެޑްވާންސް ޕޭމަންޓް ސަރުކާރުން އެ ފަރާތަށް ވަރަށް އަވަހަށް ދޭނެ. ދިނީމަ އެގްރިމަންޓް އޮންނަ ގޮތުން އެޑްވާންސް ޕޭމަންޓް ދޭތާ އެއް މަސް ތެރޭގައި މޮބިލައިޒް ކުރަން ޖެހޭނެ،” – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން ޖެހޭ ކަމުގައެވެ. އެއީ ބޮޑު މަސައްކަތެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަހަރު ދުވަހަށް ވުރެ އަވަހަށް މުޅި މަސައްކަތް ނިންމަން ސަރުކާރުގެ ފަރާތުން ބާރު އަޅުއްވާނެ ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ބަހައްޓަން ޗައިނާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާއެކު އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމުގެ ދަށުން މުޅިއެކު 32 ލިފްޓު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ޓަވަރަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބަހައްޓައިދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *