Ads by
ޚަބަރު
މިފްކޯގެ ސީއީއޯ ޝަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި
މިފްކޯގެ ސީއީއޯ އަދި އެމްޑީ ޝަމާހު: ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ޕީސީބީން ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި - ފޮަޓޯ:މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙު ރަޝީދާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

Ads by Eki Online

ޕީސީބީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޝަމާހު އާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސް އާ ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފައިވާ ކަމަށް ޕީސީބީން ބުނެއެވެ.

ޝަމާހު ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރުމާ ގުޅޭގޮތުން ޕީސީބީން ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ އޭނާ އާ ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅުންހުރި އެންކުއަރީއެއް މިހާރު ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ ބެލުމަށް ޝަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަކަށް ކަމަށް ޕީސީބީން ބުނެއެވެ. ޕީސީބީން ބުނި ގޮތުގައި މަސްއޫލިއްޔަތުތަކުން ޝަމާހު އެކަހެރިކުރެވިފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާ އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ ދަށުން ކަމުގައެވެ.

މިފްކޯގެ ހިންގުމުގައި ކަންބޮޑުވުންތަކެއް ހުރިކަމުގެ ޝަކުވާ އެ ބޯޑަށް ލިބުމާ ގުޅިގެން ޕީސީބީން ވަނީ އެ ކަންކަން އިސްލާހު ކުރުމަށް އެ ކުންފުންޏަށް އަންގާފައެވެ.

މިފްކޯގެ ޕޮލިސީތަކާ ހިލާފަށް އަމަލު ކުރުމާއި ކުންފުނީގެ ވަސީލަތްތައް އަމިއްލަ ބޭނުމަށް ބޭނުންކުރާ ކަމަށް ބުނެ، އެ ބޯޑުގެ ވިސްލްބްލޯވާ ޕޯޓަލްއަށް ލިބުނު ޝަކުވާތަކާ އެކު ޕީސީބީން ވަނީ މި މަހު ކުރީކޮޅު ޝަމާހުއަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

2 މަސް ކުރިން

ތިއަހެދިިީ ހަމަރަނގަޅަށް މާބޮޑަށްވެސް ލަސްވެއްޖެ އޭނަ މަގަާމުން ދުރުކުރުން.

0
0