Wednesday, 9 September 2026
Ads by

އަމާޒަކީ ބޮޑު ތަފާތަކުން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުން: އާދަމް ޝަރީފް

އަމާޒަކީ ބޮޑު ތަފާތަކުން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުން: އާދަމް ޝަރީފް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ވެރިކަން ކުރާ ޕީއެންސީގެ ޓީމުތަކުން ވަރަށް އަވަހަށް ރަށްރަށަށް ދަތުރުތައް ފަށާނެ ކަމަށާއި، މިފަހަރުގެ އަމާޒަކީ ވަރަށް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރްމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަމަޟާން މަހުގެ ތެރޭގައިވެސް ޕީއެންސީގެ ފަރާތުން ކެމްޕޭންގެ މަސައްކަތްތައް ވަރަށް އިންތިޒާމުވެގެން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕާޓީގެ ޓީމުތައް ރަށްރަށަށް ޒިޔާރަތް ކުރަން ފަށާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

”ޕާޓީގެ ފަރާތުން ޓީމުތައްވެސް ރަށްރަށަށް ޒިޔާރަތް ކުރާނެ. އަދި ކެމްޕޭން ކުރާ ފަރާތްތަކަށްވެސް ބޭނުންވާނެ އިންތިޒާމުތައް ހަމަޖެހިގެން އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެކަން އަޅުގަނޑު މިފުރުސަތުގައި ފާހަގަކުރަން. އަދި އަޅުގަނޑުމެންގެ މިފަހަރުގެ ޓާގެޓަކީ ހަމަ ވަރަށް ބޮޑު ތަފާތަކުން އިރާދަކުރެއްވިއްޔާ ޕީއެންސީ މި އިންތިޚާބު ކާމިޔާބު ކުރުން،“ އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، މި އިންތިޚާބާ އެކު ކުރިއަށްދާ ރިފަރެންޑަމްގެ މަސައްކަތަކީވެސް ޕާޓީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ރިފަރެންޑަމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް، ޚާއްސަކޮށް މުޅި ދައުލަތަށް އަންނާނެ މުހިއްމު ބޮޑު ބަދަލެކެވެ.

އެހެންކަމުން، މި ބަދަލާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި، އޭގެ މުހިއްމުކަން ހާމަކޮށްދިނުމުގެ އިތުރުން މުޅި ޤައުމަށް މިކަމުން ހުރި ފައިދާތައް ކިޔައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މި ހުރިހާ މަސައްކަތްތަކެއްވެސް ރަމަޟާން މަހުގެ ތެރޭގައާއި ވޯޓުލުމާ ހަމައަށްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި