Ads by
ޚަބަރު
މަޖިލިސް އިންތިހާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންނަށްވުމުގެ އިތުރު ފުރުސަތެއް ހުޅުވާލަނީ
ފޮޓޯ: ޕީއެސްއެމް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމާއި މޮނިޓާކުރުމުގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް އެދި ހުށައެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Ads by Eki Online

އީސީން ބުނެފައިވަނީ މި ފުރުސަތު އަލުން ދިނުމަށް ނިންމީ އިންތިހާބު ބާއްވާ ތާރީހު ބަދަލުވުމުން ކަމަށެވެ. ކުރިން މަޖިލިސް އިންތިހާބު ބޭއްބުމަށް ނިންމާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އަންނަ މަހުގެ 21 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އީސީން ވަނީ ނިންމައިފައެވެ.

އޮބްޒާވްކުރުމާއި މޮނިޓާކުރުމުގެ އިތުރުން މަންދޫބަކަށްވުމުގެ ފުރުސަތު އީސީން ހުޅުވާލުމަށް ނިންމާފައި ވަނީ މާދަމާއިން ފެށިގެން 21 ވަނަ ދުވަހާ ހަމައަށެވެ.

އަދި މީގެ އިތުރުން އީސީން ބުނެފައި ވަނީ މަންދޫބުން ބަދަލުކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުޞަތު އޮންނާނެ ކަމަށެވެ.

އިންތިޚާބުތަކުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކެވެ. އަދި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިލެކްޝަނުން ހުއްދަ ދޫކުރާ ފަރާތްތަކެވެ.

އީސީން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުން މިހާތަނަށް ޖުމްލަ 9،942 މީހަކު އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާފައިވެއެވެ. އެގޮތުން 5،032 މީހަކު މޮނިޓާކުރުމަށް އެދި ކުރިމަތިލާފައިވާއިރު 2،968 މީހަކު އޮބްޒާވްކުރުމަށް އެދި ކުރިމަތިލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި 1،942 މީހަކު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *