Ads by
ޚަބަރު
އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ދިނުމަށް އެމްޑީޕީން އިސްލާހެއް ހުށަހަޅައިފި
ފޮޓޯ: މަޖިލިސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދިނުމަށް ގަނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

Ads by Eki Online

ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީ އިސްލާހު ހުށަހަޅުއްވާފައިވަނީ އީސީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް އިސްލާހު ކުރުމަށެވެ.

އިސްލާހު ހުށަހަޅުއްވަމުން މެންބަރު ޔޫނުސް ވިދާޅުވެފައިވަނީ އީސީއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އޮތުން މުހިންމު ކަމުގައެވެ. މި އިސްލާހުގައި ވާގޮތުން، އީސީގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބެން ޖެހޭއިރު، ރައީސުލްޖުމްހޫރިއްޔާއަށް ހަމައެކަނި ލިބިދޭ ބާރަކީ މެމްބަރުން ކޮމިޝަނަށް އައްޔަން ކުރުމުގެ އިޚްތިޔާރު އެކަންޏެވެ.

އީސީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި، އިލެކްޝަން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަަށް ދީފައިވާއިރު، މެމްބަރު ކަމަށް އާންމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން، ރައީސުލްޖުމްހޫރިއްޔާ އަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސް ކޮށްގެންނެވެ.

އީސީގެ މެމްބަރުންގެ އެއް މަގާމް މިވަގުތު އޮތީ ހުސްކޮށެވެ. އެއީ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާޢީލް ޙަބީބުގެ ދައުރު މިމަހުގެ 13 ވަނަ ދުވަހު ނިމުމަކަށް އައުމާއި ގުޅިގެންނެވެ.

އެމަގާމަށް އައްޔަން ކުރުމަށް ކޮމިޝަންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާގެ ނަން ރައީސުލްގުމްހޫރިއްޔާ  ޑރ. މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *