Ads by
ޚަބަރު
އެކި ސުފުރާ: ޗިކަން ޕޮޕްސް

ބޭނުންވާތަކެތި:

Ads by Eki Online

• 1 ކުކުޅު ބްރެސްޓް ( ބައި އިންޗިއަށް ކޮށާފައި)

• 3/4 ސައި ސަމްސާ މުގުރި މިރުސް

• 1/8 ސައި ސަމްސާ ރީނދޫ

• 1/2 ސައި ސަމްސާ ގަރަމް މަސާލާ

• ރަހަ ލާ ވަރަށް ލޮނު

• 1/2 ޖޯޑު ގޮދަން ފުށް

• 1/4 މުގުރި އަސޭ މިރުސް

• ކުޑަ ލޮނުކޮޅެއް

• 1 ބިސް

• ފާރޮށި ކުނޑި

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާ މުގުރި މިރުސް, ރީނދޫ, ގަރަމް މަސާލާ, ލޮނު ކުކުޅު އަޅައި އެއްކޮށްލުމަށް ފަހު 10 މިނެޓު ވަންދެން ރަނގަޅަށް މެރިނޭޓްކޮށްލާށެވެ. ދެން ފުށް މިކްސްއަށް ބޭނުންވާ ފުށް, އަސޭ މިރުސް, ލޮނު ތަށްޓެއްގައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ބަހައްޓާށެވެ.

ވަކިން ތަށްޓެއްގައި ބިސް ވެސް ގިރާފައި އަދި ވަކިން ތަށްޓެއްގައި ފާރޮށި ކުނޑި ވެސް ތައްޔާރުކުރާށެވެ.

ކުކުޅު ރަނގަޅަށް މެރިނޭޓް ވުމުން ފުރަތަމަ ބިހުގެ ތެރެއަށް ފޯ ކޮށްލާށެވެ. އެއަށް ފަހު ފުށްގަނޑު ތެރެއަށް ލައި ރަނގަޅަށް ކޯޓު ކޮށްލުމަށްފަހު ފާރޮށި ކުނޑި ވެސް ރަނގަޅަށް އުނގުޅައި ފޯ ކޮށްލާށެވެ.

ކުކުޅުގައި ރަނގަޅަށް ފާރޮށި ކުނޑި ލެވުމުން ތެލުލާށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *