Ads by
ޚަބަރު
އަސްކަރީ ގާބިލުކަން އިތުރުކުރަން ތުރުކީގެ ރައީސް ދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރައްވައިފި
ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައި - ފޮޓޯ:ރައީސް އޮފީސް

ދިވެހިރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Eki Online

ތުރުކީވިލާތުގެ ރައީސަށް ރައީސް ޝުކުރު އަދާކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރޕްސް އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫއޭވީ މެދުވެރިކޮށް ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެން ދިއުމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ ތުރުކީވިލާތުގެ ރައީސް ކަމަށެވެ. މިހާރު ތިން ޔޫއޭވީ އޮތް ނަމަވެސް ތުރުކީ އާއި ރާއްޖެ އާ އޮތް ގާތްކަމުގެ ތެރެއިން މުސްތަގުބަލުގައި އުޅަނދުތައް އިތުރުކުރެވިގެންދާނެ ކަމަށާ އަދި މީގެ ތެރެއިން ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ރާއްޖެއަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޯސްޓުގާޑަށް އެކި ސައިޒުތަކުގެ އުޅަނދުތައް ހޯދައި ކޯސްޓުގާޑުގެ ގާބިލުކަން މިހާރަށް ވުރެ ދެގުނަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތާ އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަން ކުރުމަށް ތުރުކީވިލާތުގެ އިތުރުން އެކުވެރި ބައެއް ޤައުމުތަކާ އެކު މުޢާމަލާތްތައް ކުރެވެމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *