Ads by
ޚަބަރު
ހަތަރު މިސްކިތެއްގައި މިއަދު ހުކުރު ކުރާނީ ޒުވާން ޚަޠީބުން
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ބައިވެރިންނަށް ޚަޠީބުކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މާލޭ ސިޓީގެ ހަތަރު މިސްކިތެއްގައި މިއަދު އިމާމްވެ ހުކުރު ކުރާނީ ޒުވާން ޚަޠީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Eki Online

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގެ ހަތަރު މިސްކިތެއްގައި މިއަދު ހުކުރު ކުރާނީ ޒުވާން ޚަޠީބުން ކަމަށެވެ. މި ރޯދަ މަހު އިމާމުވެ ތަރާވީހް ނަމާދު ކުރުމަށާއި ހުކުރު ކުރުމަށް އެ މިނިސްޓްރީން ވަނީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިންމާފައިވާ ޒުވާނުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކުރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލި ފުރުޞަތުގައި 160 ކުދިންނާ ވަނީ އިންޓަރވިއުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް 16 ކުއްޖަކަށް ފުރުޞަތު ދީފައެވެ.

މިއަދު ހުކުރު ކުރާ ޒުވާން ޚަޠީބުން:

  • ނައުފަން ނިޔާފް (ހުކުރު މިސްކިތް)
  • ޙުސައިން ޒައިން ޢަލީ (ހުޅުމާލެ، މަސްޖިދުލް އަމާނީ)
  • ސުލައިމް މުޙައްމަދު ލަޠީފް (ޠައިބާ މިސްކިތް)
  • ޢަބްދުލްމަތީން މުޙައްމަދު (ޢީދު މިސްކިތް)

މި ޚަޠީބުންގެ ތެރެއިން ޙުސައިން ޒައިން ޢަލީއަކީ އޯޓިސްޓިކް ކުއްޖެއް ނަމަވެސް އޭނާ ވަނީ ޤުރުއާނުގެ 12 ފޮތް ހިތުދަސްކޮށްފައެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *