Wednesday, 9 September 2026
Ads by

175 ރުފިޔާގެ ކޮފީ ފުޅިއެއް ވަގަށް ނެގި މީހަކު 32،000 ރުފިޔާއިން ޖޫރިމަނާކޮށްފި

175 ރުފިޔާގެ ކޮފީ ފުޅިއެއް ވަގަށް ނެގި މީހަކު 32،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މިދިޔަ ޑިސެމްބަރު މަހު، ރެޑްވޭވް ޕްލާޒާއިން، ނެސްކެފޭ ކްލެސިކް ކޮފީ ފުޅިއެއް ވަގަށް ނެގި މީހަކު 32،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ށ. ކޮމަންޑޫ މީހެއްގެ މައްޗަށެވެ.

Ad Image
Ads by

މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އެ މީހާ ވަނީ ރެޑްވޭވް ޕްލާޒާއިން 175 ރުފިޔާގެ ކޮފީ ފުޅިއެއް ވަގަށް ނަގައި، އޭނާގެ ޓީޝާޓު ތެރެއަށްލައި ފޮރުވައިގެން ފައިސާ ނުދައްކައި ފިހާރައިން ނުކުމެގެން ދާން މަސައްކަތް ކޮށްފައެވެ.

އެމައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެމައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެ، ލުއި އަދަބެއް ދިނުމަށް އެދިފައެވެ. އެދައުވާއާއި ގުޅިގެން އޭނާގެ މައްޗަށް ފަސް މަހުގެ ޖަލު ހުކުމެއް އައިނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ޖަލު ހުކުމް، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ.

އެހެން ކަމުން 175 ރުފިޔާގެ ކޮފީ ފުޅީގެ ބަދަލުގައި އޭނާ ދައުލަތަށް 32،800 ރުފިޔާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި މައްސަލަ ނިންމާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި