Wednesday, 9 September 2026
Ads by

ޕެޓްސް ގައި ސިފައިން ހޯދި ކާމިޔާބީ ފާހަގަކޮށް ހޫނު މަރުޙަބާއެއް!

ޕެޓްސް ގައި ސިފައިން ހޯދި ކާމިޔާބީ ފާހަގަކޮށް ހޫނު މަރުޙަބާއެއް!

ޕާކިސްތާނުގައި ބޭއްވި 9ވަނަ ”އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026“ ގައި ބައިވެރިވެ ރަން މެޑެލި ހާސިލުކުރި އެމްއެންޑީއެފްގެ ޓީމު އެނބުރި ރާއްޖެ އައުމުން އެ ޓީމަށް އެމްއެންޑީއެފް އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

Ad Image
Ads by

ފެބުރުވަރީ 14ވަނަ ދުވަހުގެ ހެނދުނު އެ ޓީމް އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓުން އެ ޓީމަށް މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ރަޝީދުއެވެ. އަދި ޓީމް ހެޑްކުއޯޓަރޒް އަށް އައުމުން، ހެޑްކުއޯޓަރޒް އިން ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރެލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ވަނީ ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ހޫނު މަރުޙަބާ އެއް ދަންނަވާފައެވެ.

ހެޑްކްއޯޓަރޒް އިން ޓީމަށް މަރުޙަބާކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން އާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް އަޙުމަދު ރަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ދިފާޢީ ވަޒީރުގެ ވާހަކަފުޅުގައި ބުރަމަސައްކަތުން، ދާއޮހޮރުވައިގެން ޓީމް ހޯދައިދިން ކާމިޔާބީ އަކީ އެމްއެންޑީއެފް ގެ އިތުރުން މުޅި ޤައުމު ފަޚުރުވެރިވާ ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއިން ދައްކުވައިދިނީ، އަޅުގަނޑުމެންގެ އަތުގައި އެންމެ ޒަމާނީ ވަޞީލަތްތައް ނެތް ނަމަވެސް ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދުނިޔޭގެ ކޮންމެ ބަޔަކާއި ވާދަކުރެވޭވަރުގެ ހިތްވަރާއި، ޢަޒުމާއި، ފެންވަރާއި، ފަންވަރާއި، ބުންވަރު ހުރިބައެއް ކަމުގައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސީދާބެއްލެވުމުގެ ދަށުން މަސައްކަތްކުރައްވަމުން ގެންދަވަނީ ސިފައިންނަށް ބޭނުންވާ ހަތިޔާރާއި، އިކްއިޕްމެންޓާއި، އުމްރާނީ ވަސީލަތްތައް ވެސް ދުނިޔޭގެ އަސްކަރިއްޔާތަކާ އެއްހަމަކޮށްދިނުމަށްކަން ފާހަގަ ކުރެއްވިއެވެ. އަދި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ކުރައްވަން ޖެހިވަޑައިގަތް ކޮންމެ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް އަޙުމަދު ރަޝީދުގެ ވާހަކަފުޅުގައި އަސްކަރިއްޔާ ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ދިފާއީ ވަޒީރު އަދި ސިފައިންގެ ލީޑަރޝިޕް އިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޓީމަށް ކުރުމުއްދަތެއްގެ މަސައްކަތުން މިފަދަ ކާމިޔަބީއެއް ލިބުމުގެ އެއްސަބަބަކީ މިދެންނެވުނު މަސައްކަތްޕުޅުތަކުގެ ނަތީޖާކަން ވެސް ފާހަގަކުރެއްވިއެވެ.

ފެބުރުވަރީ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ.

މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ.

ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ ”ޕެޓްސް ކޮމްޕެޓިޝަން“ އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ބުނީ ބޭރުގެ ގިނަ އަސްކަރިއްޔާތަކެއް ބައިވެރިވި މި ޝަރަފުވެރި މުބާރާތުގައި ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ދިވެހިރާއްޖެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްޤީކުރުމަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި