Ads by
ޚަބަރު
ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި ސަމާލުވާން އެމްއެފްޑީއޭއިން އެދިއްޖެ
ބިސް ކޭސްތަކެއް އުފުލަނީ: ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި ސަމާލުވާން އެމްއެފްޑީއޭއިން ވަނީ އެދިފައި - ފޮޓޯ:މިހާރު

ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި ސަމާލުކަން ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

Ads by Eki Online

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާ އަދި ރައްކާކުރުމުގައި ޢަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި ޢަމަލު ކުރަންވީ ގޮތް އެ އޮތޯރިޓީން ވަނީ ބުނެދީފައެވެ.

  • ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން
  • ފިނިކޮށް (އައިސް އަލަމާރީގައި) ބަހައްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުން
  • ބިހުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން
  • މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުުކުރުން
  • ރެނދުލާފައި ހުންނަ ބިސް ނުގަތުން
  • ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބިސް ނުގަތުން
  • ބިސް ދޮވެގެން ބޭނުން ނުކުރުން
  • އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން އައިސް އަލާމާރީގައި ބިސް ރައްކާކުރުން

އެމްއެފްޑީއޭއިން ބުނެފައި ވަނީ ބިސް ދޮވެގެން ބޭނުންކުރުން ރަނގަޅު ކަމަކަށް ނުވަނީ ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލުވުމަށް މަގުފަހިވާނެތީ ކަމަށެވެ.

އޭގެ އިތުރުން ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަން ޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށާއި މިފަދަ ތަކެތި އައިސްއަލާމާރިން ބޭރުގައި ދެ ގަޑިއިރަށް ވުރެ އިތުރަށް ނުބެހެއްޓުމަށް އެމްއެފްޑީއޭއިން ވަނީ އިރުޝާދުދީފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *