Ads by
ޚަބަރު
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާކަމުގެ ލިޔުމާ ހަވާލުނުވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދީފި
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތީގެ ގުރުއަތުނެގުން - ފޮޓޯ:ހައުސިން މިނިސްޓްރީ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާކަމުގެ ލިޔުމާ ހަވާލުނުވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ހައުސިން މިނިސްޓްރީން ދީފިއެވެ.

Ads by Eki Online

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ތެރެއިން 8،394 ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ލިބިފައިވާކަމުގެ ލިޔުން މިހާތަނަށް ހަވާލުކުރެވިފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ބިންތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން ހަވާލުކުރެވިފައިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް އެ މިނިސްޓްރީން ދިން ނަމަވެސް ގިނަ ފަރާތްތަކުން ރަޖިސްޓްރީ ނުވަތަ ގޯތި ލިބުނުކަމުގެ ލިޔުމާ ހަވާލުވުމަށް ހާޒިރުވެފައި ނުވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުމާ ހަވާލުވެފައި ނުވާ ފަރާތްތަކަށް، އިތުރު ފުރުޞަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 27 ވާ ބުދަ ދުވަހުގެ ރޭ 11:59 އަކަށް އެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ގޯތި ލިބިފައިވާކަމުގެ ލިޔުމާ ހަވާލުވުމަށް އެދޭ ފަރާތްތަކުން ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށް ރަޖިސްޓްރީ/ލިޔުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *