Sunday, 25 October 2026
Ads by

ސީޕީ ނަވީން ރިޓަޔަރ ކުރެއްވުމުން ވަގުތީ ސީޕީ އަކަށް ފަރުހާދު

ސީޕީ ނަވީން ރިޓަޔަރ ކުރެއްވުމުން ވަގުތީ ސީޕީ އަކަށް ފަރުހާދު

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން---

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގުން ވަޤުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ޙަވާލުކުރައްވައިފިއެވެ.

Ad Image
Ads by

ސީޕީ ނަވީން ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ރިޓަޔަރ ކުރެއްވުމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ ފުލުހުންގެ އިދާރާ ވަޤުތީ ގޮތުން ހިންގާން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ޙަވާލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަންކުރެއްވީ މިދިޔަ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް އަށް މަސްދުވަހަށް ފަހު ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށް ނަވީން ހުށަހެޅުއްވީ މި މަހުގެ 14 ވީ ހޮނިހިރު ދުވަހުގައެވެ.

ނަވީން ވަނީ މަޤާމުން ރިޓަޔަރ ކުރެއްވިކަންވެސް ޔަޤީންކޮށް ދެއްވައިފައެވެ. އެގޮތުން ފޭސްބުކްގައި އޭނާ ޙިއްޞާކުރެއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ، މި ފެށުނު ރަމަޟާން މަހާއެކު އޭނާގެ ރިޓަޔަރމެންޓް ވެސް ފެށިފައިވާ ކަމަށެވެ. އެ ސްޓޭޓަސްގައި ނަވީން ވިދާޅުވެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި 32 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރެވިފައިވާ ކަމަށާއި، ޚިދުމަތުން ދުރަށްޖެހިވަޑައިގަންނަވަނީ، ޚިދުމަތާ ގުޅުނުއިރުވެސް ގެންގުޅުއްވި ސިޔާސަތުތަކާއެކުގައި ކަމަށެވެ.

ފުލުހުންގެ މުއައްސަސާއަށް ކުރި އިޚްތިރާމާއި، އިތުބާރާއި ޤައުމަށް އޮތް ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެކަން ފާހަގަކުރައްވަމުން ނަވީން ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ދިވެހި ފުލުހުންގެ ޚިދުމަތުގައި ޤައުމަށް ޚިދުމަތްކުރަން ފުރުޞަތު ލިބިގެން ދިއުމަކީ ލިބިވަޑައިގަތް ޝަރަފެއް ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޢަލީ ޝުޖާއު ކުއްލި ގޮތަކަށް މަޤާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި