Wednesday, 9 September 2026
Ads by

ޤައުމީ ޓީމަށް ސަރުކާރުންދޭ އިންޝުއަރެންސަކީ ކުޅުންތެރިންނަށް ވަރަށްބޮޑު ތަސައްލީއެއް: ޠާރިޤް

ޤައުމީ ޓީމަށް ސަރުކާރުންދޭ އިންޝުއަރެންސަކީ ކުޅުންތެރިންނަށް ވަރަށްބޮޑު ތަސައްލީއެއް: ޠާރިޤް

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނަށް ސަރުކާރުން ދެއްވާ ހެލްތް އިންޝިއުރެންސަކީ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއް ކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތާރިޤް ވިދާޅުވީ މީގެ ކުރިން ކުޅުންތެރިންނަށް އަނިޔާވެގެންދާއިރު ދިމާވީ އުނދަގޫ ހާލަތްތަކެއް ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގައި ކުޅުނު މެޗެއްގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން މުޙައްމަދުގެ އިނގިލި ބިންދައިގެން ދިޔަ ހާދިސާއަށް އިޝާރާތް ކުރެއްވިއެވެ.

ޠާރިޤް ވިދާޅުވީ އޭރު އަނިޔާވެގެންދާ ވަގުތު ކުޅުންތެރިން ތިބެނީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ކުޅުންތެރިންނަށް ލިބޭ އިންޝުއަރެންސަކީ އެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ޔަގީންކަމެއް ކަމަށެވެ.

”އިންޖަރީވެގެންދާ ގަޑީގައި ގިނަ ފަހަރަށް ކުޅޭ ކުޅުންތެރިޔާ އިންނާނީ ވަރަށް ބޮޑަށް މާޔޫސްވެސްވެފަ. މިހާރު އެ ޔަގީންކަން ލިބޭނެ ކުޅުންތެރިޔާ ސެކިޔޯވާނެކަން“ ޠާރިޤް ވިދާޅުވިއެވެ.

ދަނޑުމަތީގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދަން މީގެކުރިން އިންޝިއުރެންސްގެ މާބޮޑު ކަވަރޭޖެއް ލިބޭނެ ނިޒާމެއް ނޯންނަކަމަށާއި، ފަރުވާ ހޯދަން ޖެހެނީ އަމިއްލައަށް އެކި މީހުންގެ އެހީތެރިކަމާއެކުގައި ކަމަށް ޠާރިޤް ވިދާޅުވިއެވެ. ޠާރިޤް ވިދާޅުވީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އަނިޔާވުމުން އެހީތެރިކަން ފޯރުކޮށްދޭން އޭރުވެސް އެފްއޭއެމްގައި މާ ބޮޑު ގާބިލުކަމެއްނެތް ކަމަށެވެ.

ދާދިފަހުންވެސް ފުޓްސަލް ކުޅުންތެރިއެއްގެ ފަޔަށް އަނިޔާއެއް ލިބިގެންދިޔައިރު ތަންކޮޅެއް އުނދަގޫ ހާލަތެއް މެދުވެރިވިކަމަށްވެސް ޠާރިޤް ފާހަގަކުރެއްވިއެވެ. ޠާރިޤް އިޝާރާތްކުރެއްވީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި މިޔަންމާގައި ކުރިޔަށް ދިޔަ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އަލީ ހާފިޒް (ހާއްޕެ) ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަށެވެ. އޭނާގެ ފަރުވާއަށް އެފްއޭއެމް އާއި އެންސްޕާއިންވެސް ޚަރަދުކުރިއެވެ.

އިންޝުއަރެންސް ނުލިބުނު ކަންބޮޑުވުމަކީ އެތައް ދުވަހެއްވީ ކަންބޮޑުވުމެކެވެ. މިކަންބޮޑުވުން ނިމުމަކަށް ގެންނަވާ ޤައުމީ ޓީމުތަކަށް އިންޝިއުރެންސް ދެއްވަން ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ.

އެގޮތުން 5 ފެބުރުވަރީ 2025 ން ފެށިގެން ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި، އޮފިޝަލުންނަށް 5 ފެބުރުވަރީން ފެށިގެން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި