Ads by
ޚަބަރު
ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކޮށްފި
ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އާރުޑީސީން ކުރިއަށް ގެންދަނީ - ފޮޓޯ:އާރުޑީސީ

ޅ. ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

Ads by Eki Online

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އެ އެޖެންސީން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ގައިވާ ކޮންސެޕްޓުގައި ހިމެނިފައި ނުވާ މަގުތަކުގައި މަސައްކަތް ކުރުމާ ގުޅިގެން އެ މައްސަލަ ބެލި ކަމަށެވެ. އެކަމާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާ އެ އެޖެންސީ އާއި އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑެވޮލަޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ހިންނަވަރުގައި މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައިވާކަން ޔަގީންކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނި ގޮތުގައި ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫޢުގެ އީއައިއޭ އާ ޚިލާފަށް، އީއައިއޭގައިވާ ކޮންސެޕްޓުގައި ހިމެނިފައި ނުވާ މަގުތަކުގައި މަސައްކަތްކުރުމާ ގުޅިގެން، އެ މަސައްކަތުގެ އެދިޔާރަކީ ކޮންސްޓްރަކްޝަން މިނިސްޓްރީ ކަމަށް ވާތީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން ދެ ލައްކަ ރުފިޔާއިން އެ މިނިސްޓްރީ ޖޫރިމަނާކޮށްފައިވާ ކަމުގައެވެ.

ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *