Ads by
ޚަބަރު
އީސީގެ ނައިބު ރައީސަކަށް ނަޝާތު އައްޔަންކޮށްފި

އިލެކްޝަން ކޮމިޝަން (އީސީ) ގެނައިބު ރައީސަކަށް އަލީ ނަޝާތު އައްޔަން ކުރައްވައިފިއެވެ.

Ads by Eki Online

ނަޝާތު އީސީގެ ނައިބް ރައީސް ކަމަށް އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދައުރު އިއްޔެ ހަމަވެ އޭނާ އީސީ އިން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
އީސީން ބުނީ ހަބީބްގެ ދައުރު ހަމަވުމާއެކު އެ ކޮމިޝަންގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިއަދު ބޭއްވުނު ކޮމިޝަނުގެ 820 ވަނަ އާންމު ޖަލްސާއިން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް، ނަޝާތު އައްޔަންކޮށްފައިވާ ކަަމަށެވެ.

ނަޝާތު މި މަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން ހަބީބް ކުރެއްވި ޕޯސްޓެއްގައި ވަނީ ނަޝާތަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކޮށްފައެވެ. ހަބީބް ވިދާޅުވީ ނަޝާތަކީ އިންތިހާބުތައް ޒަމާނީ ފެންވަރަށް ގެންގޮސް ޑިޖިޓަލައިޒް ނިޒާމަކަށް އީސީގެ ޚިދުމަތްތައް ބަދަލުކޮށް ސިޔާސީ ޕާޓީ ތަކަށާއި ކެންޑިޑޭޓުންނާއި، އިލެކްޝަންސް ކޮމިޝަނުން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފަންނުވެރިކަމާއި ގާބިލްކަންހުރި ބޭފުޅެއް ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *