Wednesday, 9 September 2026
Ads by

ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓެއް ހުޅުވައިފި

ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓެއް ހުޅުވައިފި

ހުޅުމާލޭގައި އަލަށް ހުޅުވި އެސްޓީއޯގެ އައު އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެސްޓީއޯ

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލޭ ފުރުތަމަ ފިޔަވަހީގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓެއް ހުޅުވައިފިއެވެ.

Ad Image
Ads by

ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސް ޢިމާރާތުގައި ޤާއިމުކޮށްފައިވާ އެސްޓީއޯގެ އައުޓްލެޓް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް އަދި ހުކުރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް އެ އައުޓްލެޓް ހުޅުވިފައި ހުންނާނެއެވެ.

އެސްޓީއޯގެ މި އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ ތަކެއްޗެއް ރީޓެއިލްކޮށް ލިބެން ހުރިއިރު، ކުރިއަށް އޮތްތަނުގައި ވިޔަފާރިވެރިންނަށް ވެސް ހޯލްސޭލްކޮށް މި ތަކެތި ދޫކުރަން ފަށާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ 26 ބާވަތާއި، މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ގޭތެރެއަށް ބޭނުންވާ އެކިއެކި ސާމާނުވެސް މި އައުޓްލެޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ މަޢުލޫމާތު ދީފައެވެ.

އިކޮނޮމިކް މިނިސްޓްރީން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތި ހެޔޮ އަގުތަކެއްގައި ޢާންމުންނަށް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި