Wednesday, 9 September 2026
Ads by

އާސަންދައިގެން ދަށުން ހިލޭ އައިނު ހެއްދުން ކުޅުދުއްފުށި ސިޓީއަށް!

އާސަންދައިގެން ދަށުން ހިލޭ އައިނު ހެއްދުން ކުޅުދުއްފުށި ސިޓީއަށް!

ހެލްތް މިނިސްޓަރ ނާޒިމް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުވައިދެއްވަނީ: ފޮޓޯ / ކުޅުދުއްފުށި ހޮސްޕިޓަލް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

Ad Image
Ads by

މި ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އައިނު ފިހާރަ ހުޅުއްވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. އަދި މިރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމާއި، ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހަލީމް ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ މިއަދު މިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވިގެން ދިއުމާއިެކު މިހާރު މާލޭގެ އިތުރުން ރާއްޖޭގެ އުތުރުގައާއި ދެކުނުގައި، ސަރުކާރުގެ ފަރާތުން އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ހިލޭ ނަންބަރު އައިނު ހެދުމުގެ ޚިދުމަތް ލިބޭނެކަމަށެވެ.

އަދި މި މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމަށް މަގުފަހިކޮށްދެއްވައި، އުތުރުގެ ރައްޔިތުންނަށް މި ފަސޭހަކަން ހޯއްދަވައިދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހަލީމް ވަނީ ޝުކުރު ދަންނަވާފައެވެ.

ހަލީމް ވިދާޅުވީ މިއީ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ނުހަނު މުހިންމު ފިޔަވަޅެއްކަމަށެވެ.

 

މިއައިނު ފިހާރައާއެކު އާސަންދައިގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އާސަންދަ މެދުވެރިކޮށް އައިނު ހެއްދުމަށް ކޮންމެ ދެ އަހަރަކުން އެއްއަހަރު ކަވަރ ކުރާ މިންވަރު 2000 ރުފިޔާއަށް ބޮޑުކޮށްދެއްވައި، ސަރުކާރުގެ މައި ހޮސްޕިޓަލުން އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމުން ގިނަބައެއްގެ ތަރުޙީބުވަނީ ލިބިގެން ގޮސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގާތްގަނޑަކަށް 12900 އަށްވުރެ ގިނަ މީހުން ލޯ ދައްކާފައިވާއިރު، އޭތެރެއިން 12000 އަށްވުރެ ގިނަ މީހުން ވަނީ އައިނު ހައްދާފައެވެ.

މާލެ ސަރަޙައްދުގައި އައިޖީއެމްއެޗު އަދި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ އައިނު ފިހާރަ ހުޅުވާފައެވެ. އަދި މިހާރު އައްޑޫ ސިޓީ އިކުއެޓޯރަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ވަނީ އައިނު ފިހާރައެއް ހުޅުވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި