Ads by
ޚަބަރު
ދިރާގާއި މަމްސް އެއިޑް ގުޅިގެން ރަމަޟާން އެއިޑްގެ ދަށުން 100 ޢާއިލާއަކަށް އެހީވެއްޖެ
ދިރާގާއި މަމްސް އެއިޑް ގުޅިގެން ރަމަޟާން އެއިޑްގެ ދަށުން 100 ޢާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި - ފޮޓޯ:ދިރާގު

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އާއި މަމްސް އެއިޑް ގުޅިގެން ‘ރަމަޟާން އެއިޑް’ ކެމްޕެއިންގެ ދަށުން، މި އަހަރުގެ ރަމަޟާން މަހު އެހީއަށް ބޭނުންވެފައިވާ 100 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Eki Online

ރަމަޟާން އެއިޑްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އާންމުންނަށް ވެސް ހުޅުވާލައިގެންނެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން މަމްސް އެއިޑްގެ އެގްޒެކްޓިވް ޑިރެކްޓަރ އަދި ޖެނެރަލް ސެކެޓްރީ، ފާތުމަތު ރިޔާސާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމުޢިއްޔާގެ ބެލުމުގެ ދަށުގައި ތިބި 100 ޢާއިލާއަކަށް ރަމަޟާން އެއިޑްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ދިރާގުގެ އެހީތެރިކަމާ އެކު މި ރޯދަ މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއަރ ޕެކޭޖްތައް އެކަނިވެރި މައިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މައިންނާ އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ފޯރުކޮށްދެވިފައިވާ ކަމަށް ރިޔާސާ ވިދާޅުވިއެވެ. ރިޔާސާ ވަނީ މި ކެމްޕެއިނަށް ދިރާގުން ދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި މި ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑްއަށް އެއްބާރުލުންދީ މި މުހިންމު މަގުސަދުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. އެގޮތުން މަމްސް އެއިޑުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އޭނާ ވަނީ އެ ޖަމުޢިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ދިރާގުން ދަނީ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމަޢަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމުތަކަށް އެއްބާރުލުން ދެމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *