Ads by
ޚަބަރު
ސުޕްރީމް ކޯޓުން ކުރި ޙުކުމާ ޚިލާފަށް މެންބަރުންގެ އަދަދު ގުނުމަށް މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ:ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނަން ޖެހޭނީ މިހާރު މެންބަރުން ނެތް ހުސްގޮނޑިތައް ވެސް ހިމަނައިގެން ކަމުގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަށް ޢަމަލު ނުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާ ގޮތް ބަޔާންކޮށް މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙު ބާޠިލު ކުރަން ހުށަހަޅާފައެވެ.

އެ މައްސަލާގައި މެންބަރުން ބަހުސް ކުރުމަށްފަހު ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ޙުކުމަށް ޢަމަލުނުކޮށް މަޖިލީހުގެ ޖުމްލަ އަދަދަކީ 80 މެންބަރުން ކަމަށް ކަނޑައެޅުމަށެވެ. ސަޢުދުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

މި ހުށަހެޅުމަށް ވޯޓަށް އެހުމުން، ހުށަހެޅުން ފާސްކޮށްފައި ވަނީ 25 މެންބަރުންގެ ވޯޓުންނެވެ. ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 މެންބަރުން ކަމަށް ފާސްކުރުމާ ގުޅިގެން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާތަކުގައި ވޯޓު ނެގުމުގައި ޖުމްލަ އަދަދު ކަމަށް ރިޔާސަތުން ދެން ބަލާނީ 80 މެންބަރުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާއަށް ގެނައި މި ބަދަލާ އެކު މެންބަރަކު މެންބަރުކަމުން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮންނަ އާންމު އިންތިޚާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ހުސްވާ ގޮނޑިތައް ނުހިމަނާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *