Ads by
ޚަބަރު
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފުރައިފި
ހެލިކޮޕްޓަރުން ގެނައި ބަލިމީހަކު އެމްބިއުލާންސްއަށް އަރުވަން ގެންދަނީ - ފޮޓޯ:އެމްއެންޑީއެފް

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފުރައިފިއެވެ.

Ads by Eki Online

މަޢުލޫމާތު ލިބޭ ގޮތުން އެ ސިޓީގައި ހަރަކާތްތެރިވަމުންދިޔަ ސިފައިން ފުރާފައި ވަނީ އައްޑޫގައި އޮތް ހެލިކޮޕްޓަރުގެ ބަދަލުގައި އާ ހެލިކޮޕްޓަރެއް ހިފައިގެން އައި އިންޑިއާގެ މަނަވަރެއްގައެވެ. އެ މަނަވަރު އައްޑޫގައި ބަނދަރުކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ޤައުމަށް ފޮނުވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާ އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް އެ ޤައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ.

ދެ ޤައުމުން އެއްބަސްވެފައި ވަނީ މާރޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން އައްޑޫގައި ތިބި ސިފައިން ފޭބުމަށާއި ހދ. ހަނިމާދޫ އާއި ލ. ކައްދޫގައި ތިބި އިންޑިއާގެ ސިފައިން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޭބުމަށެވެ.

މި ސަރުކާރުން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި އިންޑިއާ ސިފައިންގެ 88 މީހަކު ތިއްބެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *