Ads by
ޚަބަރު
ކޮމަންވެލްތަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއް: ރައީސް
ރައީސް މުޢިއްޒު: ވިދާޅުވީ ކޮމަންވެލްތަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް މުހިންމު ބައިވެރިއެއް ކަމަށް - ފޮޓޯ:ރައީސް އޮފީސް

ކޮމަންވެލްތަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މި އަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު މިއީ އެއްބައިވަންތަކަމުގެ ރޫހެއްގައި ފާގަތި މުސްތަގުބަލަކަށް މަސައްކަތް ކުރުމުގެ މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި މިއަދު މި ފާހަގަކުރެވެނީ ކޮމަންވެލްތުގެ ޗާޓަރުގެ ދަށުން ހިފަހައްޓާ އާންމު ހަމަތަކާއި އުސޫލުތަކާ އަދި މުއްސަނދި ސަގާފީ ސިންދަފާތުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމަންވެލްތަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ އެ ޖަމުޢިއްޔާއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމާއި އެކަމަށް ބޭނުންވާ ފައިނޭންސް ލިބުމަށް ލުއިފަސޭހަކޮށްދިނުމާއި މިންތީގެ ހަމަހަމަކަމާއި ވިޔަފާރި އިތުރުކުރުމާ އަދި ވިލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއް ކަމަށެވެ. އަދި މި އަހަރުގެ ޝިޢާރު ކަމަށްވާ “ވަން ރެސިލިއަންޓް ކޮމަން ފިއުޗަރ: ޓްރާންސްފޯމިންގ އަވަރ ކޮމަން ވެލްތް” މި ޝިޢާރަކީ ރާއްޖެ އާ ވަރަށް ގުޅޭ ޝިޢާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮމަންވެލްތުގެ 75 ވަނަ އަހަރީ ދުވަސް މި އަހަރު ފާހަގަކުރަމުންދާއިރު، އެކަމުން ހަނދާންކޮށްދެނީ އެ ޖަމުޢިއްޔާ އެކަތިގަނޑެއްގެ ގޮތުގައި ދަތުރުކުރެވިފައިވާ ދުރު ރާސްތާ ކަމުގައެވެ. އެގޮތުން ގުޅިގެން ކުރެވުނު މަސައްކަތްތަކުން ދެމެހެއްޓެނިވި ތަރައްޤީގެ މައިގަނޑު އަސާސަކީ ރައްޔިތުން ކަމުގައި ހެދުމަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދިޔަ ކަމަށާއި ގުޅިގެން އެކުގައި މަސައްކަތް ކުރުމުން ހުށަހެޅިފައިވާ ނާޒުކު ހާލަތްތަކުން އަރައިގަނެވި އަދި ޤައުމުގެ ހިއްސާ އަދާކުރެވޭ ގޮތްވުން ފަދަ އެތައް ފައިދާތަކެއް ގުޅިގެން މަސައްކަތް ކުރުމުން ލިބިގެންދާކަން ވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވަނީ މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ކުރިން، އެ ޖަމުޢިއްޔާގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ކޮމަންވެލްތުގެ ޢާއިލާގެ ތެރޭގައި އާންމު މުއްސަނދި ކަމަށާއި އެއް މުސްތަގުބަލަކަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާއިރު ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އާ ގޮތްތަކެއް ހޯދުމުގެ މަސައްކަތް އެ ޖަމުޢިއްޔާ އާ ގުޅިގެން ރާއްޖޭން ވެސް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރާއްޖޭން އަލުން ކޮމަންވެލްތާ ގުޅުނީ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *