Ads by
ޚަބަރު
ބީއެމްއެލްގެ އެހީގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފި
ބީއެމްއެލްގެ އެހީގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޕްރޮޖެކްޓެއް ވަނީ ކުރިއަށް ގެންގޮސްފައި - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގެ ދަށުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފިއެވެ.

Ads by Eki Online

ބީއެމްއެލުން ބުނީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓުގެ ދަށުން އެ މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމުކޮށް، އެ ތަނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކުރުމާ އެކު ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ގާއިމުކޮށްފައިވާ ކަމަށެވެ.

ބީއެމްއެލުން ބުނި ގޮތުގައި އެ މަސައްކަތްތަކުގެ އިތުރުން އެ މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުން ކުރުމަށް ލޮކަރތަކާއި ފާހާނާ އާއި ސައިބޯ ކޮޓަރިއެއް ވަނީ ގާއިމުކޮށްފައި ކަމުގައެވެ. އަދި ތަނުގެ މުވައްޒަފުންނާއި ބަލިމީހުން ބޭނުން ކުރުމަށް ލައިބްރަރީ ކޯނަރއެއް ވެސް ގާއިމުކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނެފައި ވަނީ މި ޕްރޮޖެކްޓުގެ އެހީގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ހަދިޔާކޮށްފައިވާ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *