Wednesday, 9 September 2026
Ads by

ކައުންސިލުން ރަމަޟާން މަހަށް ޤުއްބު މިސްކިތް މަރާމާތުކޮށް ނުނިންމުމަކީ ކަންބޮޑުވުމެއް: ޝުޖާއު

ކައުންސިލުން ރަމަޟާން މަހަށް ޤުއްބު މިސްކިތް މަރާމާތުކޮށް ނުނިންމުމަކީ ކަންބޮޑުވުމެއް: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރިއަށް އޮތް ރަމަޟާން މަހަށް ހުޅުމާލޭ ގްރޭންޑް މިސްކިތް ނުވަތަ މަސްޖިދު އަލް ޝެއިޙް ޤާސިމް ބިން އާލްޘާނީގެ މަރާމާތުގެ މަސައްކަތްތައް ނުނިމި ހުރުމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ad Image
Ads by

އެ މިސްކިތުގެ މަރާމާތުގެ މަސައްކަތްތައް ނުނިމި ހުރުމުގެ ކަންބޮޑުވުން ޝުޖާއު ފާޅުކުރެއްވީ، މާލޭ ސިޓީ ކައުންސިލުން އެކްސްގައި ޙިއްޞާކުރި ޕޯސްޓަކަށް ރިޕްލައިކުރައްވަމުންނެވެ. މާލޭ ސިޓީ ކައުންސިލުގެ އެ ޕޯސްޓުގައި ވަނީ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމަންޓްގެ މަސައްކަތް އެއްކޮށް ނިމުމުން އެ ސަރަޙައްދު ބައްލަވާލެއްވުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަޑައިގަތް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ އެ ޕޯސްޓަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ހުޅުމާލެ ރަސްމީ ބޮޑު މިސްކިތް ކަމަށްވާ އާލްޘާނީ މިސްކިތް ބަރަކާތްތެރި ރަމަޟާން މަހަށް މަރާމާތުކޮށް ނުނިމި އޮތުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ. މާލޭ ސަރަޙައްދުގެ ހުރިހާ މިސްކިތްތަކެއް މަރާމާތުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމުގައި ޝުޖާއު ފާހަގަކުރެއްވިއެވެ.

ރަމަޟާން މަހަށް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތަކީ ދުރާލާ މިސްކިތްތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުން ކަމަށް ޝުޖާއުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ. ޝުޖާއުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އާލްޘާނީ މިސްކިތަކީ ހުޅުމާލޭގެ ރަމްޒު ކަމަށްވީ ހިނދު، އެ މިސްކިތައް ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށެވެ.

ޝުޖާއު މި މޭރުމުން ވިދާޅުވެފައިވާއިރު، އާދަމް އާޒިމްގެ މޭޔަރުކަމުގައި މާލޭ ސިޓީގެ މަރާމާތުކުރަންޖެހޭ އެތަށްތަނެއްގެ މަރާމާތުގެ މަސައްކަތް ނުހިނގާ ވީރާނާވުމަށް ވަނީ ދޫކޮށްލައިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ތަންތަނަކީ ސިނަމާލެ އަދި މާލޭ ހިޔާގެ ފްލެޓްތަކެވެ. މަރާމާތުގެ މަސައްކަތްތައް ނުހިނގައި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން އެތަންތަނުގެ ޙާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި