Wednesday, 9 September 2026
Ads by

ހަނދު ސާބިތުވެއްޖެ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް: އިސްލާމިކް މިނިސްޓްރީ

ހަނދު ސާބިތުވެއްޖެ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް: އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒު---

ހަނދު ސާބިތުވެ، މާދަމާއަކީ ރަމަޟާން މަހުގެ ފުރުތަމަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދާދި ދެންމެ ހާމަކޮށްފިއެވެ.

Ad Image
Ads by

އިސްލާމިކް މިނިސްޓްރީން އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ފަހުން ދިވެހިރާއްޖެއަށާއި އިސްލާމީ ބައެއް ޤައުމުތަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީ އަދި ބައެއް އިސްލާމީ ޤައުމުތަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން، އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވެފައިވާތީ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ ރަމަޟާން މަހުގެ ފުރުތަމަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

https://twitter.com/MVIaffairs/status/2023778930076119116

ރާއްޖޭގައި ރަމަޟާން މަހުގެ ފުރުތަމަ ދުވަހުގެ ގޮތުގައި ގިނަ ފަހަރަށް ބަލަނީ އިސްލާމީ ބޮޑު ޤައުމަކުން އެ ދުވަހަކީ ރަމަޟާން މަހުގެ ފުރުތަމަ ދުވަސް ކަމުގައި ކަނޑައަޅައި އިޢުލާންކުރުމުންނެވެ. މިއީ ޢާންމުކޮށް މިކަން ހިނގާ ގޮތް ކަމަށްވާއިރު، ރާއްޖޭގެ މަޝްޙޫރު ފަލަކީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރުތަމަ ދުވަސްކަމުގައި ފަލަކީ ހިސާބުތަކުން ދައްކާ ކަމަށެވެ.

ރައީސް މަޢުމޫން މި މޭރުމުން ވިދާޅުވީ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މަޢުމޫން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރުތަމަ ދުވަހަކީ މާދަމާ ކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަށް ރަމަޟާން މަހުގެ ތަޙުނިޔާ ފޮނުއްވާ ކަމަށެވެ.

https://twitter.com/maumoonagayoom/status/2023668998911484334

ރައީސް މަޢުމޫނަކީ މި ވަޤުތު ފަލަކީ ޢިލްމުގައި ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް ޢިލްމުވެރިޔާކަމުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް މަޢުމޫނުގެ ބަހަކަށް ދިވެހިން އިންތިޒާރުކުރެއެވެ.

މި އަހަރުގެ ކަލަންޑަރުން ދައްކަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށެވެ. އެހެންކަމުން ރަމަޟާން މަހުގެ އެންމެ ފަހު ދުވަހަކީ އަންނަ މާރިޗު މަހުގެ 19 ވަނަ ދުވަހެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި