Ads by
ޚަބަރު
ބީއެމްއެލްގެ މުވައްޒަފުން މާލެ އާއި އައްޑޫ ސިޓީގައި ސާފުކުރުމުގެ ހަރަކާތްތަކެއް ބާއްވައިފި
ބީއެމްއެލްގެ މުވައްޒަފުން މާލެ އާއި އައްޑޫ ސިޓީގައި ސާފުކުރުމުގެ ހަރަކާތްތަކެއް ވަނީ ބާއްވާފައި - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސްނަގައިގެން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ އަދި އައްޑޫ ސިޓީގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

Ads by Eki Online

ބީއެމްއެލުން ބުނީ މި ހަރަކާތުގެ ތެރެއިން އެއްގަމާއި ފަޅުތެރެ ހިމެނޭހެން ފަސް ސަރަޙައްދެއް ސާފުކޮށް، މާލޭގެ މިސްކިތެއްގެ ބޭރުފާރުގައި ކުލަލާފައިވާ ކަމަށާއި ސާފުކުރި ހުރިހާ ސަރަޙައްދަކުން ހަތަރު ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. މީގެ ތެރެއިން ފަސް ޖަންބޯ ބޭގްގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ހަވާލުކޮށްފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނެފައި ވަނީ މި ހަރަކާތުގައި މާލޭން އެ ބޭންކުގެ 200 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައި ކަމަށެވެ. މިއީ މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (މޯޕާ) އަދި ޑައިވް ޑެސްކް އާ ގުޅިގެން ހިންގުނު ހަރަކާތެެކެވެ.

މި ހަފުތާ ފެށުނުއިރު ބ. އޭދަފުށި، ރ. މީދޫ، ފ. ނިލަންދޫ އަދި މ. މުލި މުވައްޒަފުން ވަނީ މި ހަރަކާތުގެ ތެރެއިން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މި ރަށްތަކުގައި ސާފުކުރުމުގެ ހަރަކާތެއް ހިންގާފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *