Saturday, 24 October 2026
Ads by

‏މޭޔަރު އާޒިމްގެ ބެލުމުގެ ދަށުން މަރާމާތުނުވި ފްލެޓްތައް ސަރުކާރުން މަރާމާތު ކުރަނީ

‏މޭޔަރު އާޒިމްގެ ބެލުމުގެ ދަށުން މަރާމާތުނުވި ފްލެޓްތައް ސަރުކާރުން މަރާމާތު ކުރަނީ

ހައުސިންގ މިނިސްޓަރ މުއްޠަލިބް

އެމްޑީޕީގެ މޭޔަރު އާޒިމްގެ އިރުޝާދުގެ ދަށުން ހިނގަމުންއަންނަ މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސިނަމާލެ އަދި މާލެހިޔާގެ ފްލެޓްތައް މަރާމާތު ނުކުރެވި އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް ސަރުކާރަށް ހުށަހެޅުމުން ސަރުކާރުން އެތަން މަރާމާތުކޮށްދޭން ނިންމައިފިއެވެ.

Ad Image
Ads by

ރައީސް މުޢިއްޒުވަނީ މިމަހުގެ 16 ވަނަ ދުވަހު ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާއި  ބައްދަލު ކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުން އަޑުއައްސަވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައިއެވެ. އަރިހުގައި ހައުސިންގް މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޖަލީލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަށްފަހު ހައުސިންގް މިނިސްޓަރ މުއްޠަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިނަމާލެ އަދި މާލެ ހިޔާގައި ދިރިއުޅޭ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުވުމުގައި އެ ޢިމާރާތްތަކުގެ މެއިންޓެނެންސާ ގުޅޭ ގިނަ މައްސަލަތަކެއް އެފަރާތްތަކުން ފާހަގަކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެ ފްލެޓް ތަކަކީ މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ވާތަނެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިއާއިއެކު މިނިސްޓަރ މުއްތަލިބް ވިދާޅުވީ މި ޢިމާރާތްތަކަކީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ތަންތަން ނަމަވެސް މިއީ ޢާންމު ރައްޔިތުންގެ ދިރިއުޅުމާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވާތީ، އެތަންތަން މަރާމާތުކުރުމަށްޓަކައި ހައުސިންގ މިނިސްޓްރީގެ ފަރާތުން އެ ޢިމާރާތްތަކުގެ އެސެސްމެންޓެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލު ކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުން އަޑުއައްސަވާ އިނާޔަތެއް ދެއްވަން ރައީސް ވަނީ ނިންމަވާފައެވެ.

އެގޮތުން، މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީއާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް މުޢިއްޒު މޭޔަރު ކަމުގައިވެސް އޭރުގެ އެމްޑީޕީ ސަރުކާރުން ކުރިމަތިކުރުވި ދަތިތަކާއިއެކުވެސް ސިނަމާލެ ފްލެޓްތަކުގެ މެއިންޓެއިންސްއަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި