Wednesday, 9 September 2026
Ads by

ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ނިންމުން ރާއްޖޭން ކުށްވެރި ކޮށްފި

ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ނިންމުން ރާއްޖޭން ކުށްވެރި ކޮށްފި

ހުޅަނގު އައްސޭރީގެ އިސްތިއުމާރުކޮށްފައިވާ ބިންތަކަކީ އިސްރާއީލުގެ މިލްކިއްޔާތެއް ކަމުގައި ކަނޑައެޅުމަށް އެ ޤައުމުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

Ad Image
Ads by

ދިވެހި ސަރުކާރުން ބުނީ މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޅިން ޚިލާފު، އަދި ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމަށް އިސްރާއީލުން ހިންގާ ޣައިރު ޤާނޫނީ ވަޒަންވެރިވުމުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއްކަމަށޤ ސަރުކާރުން ޤަބޫލުކުރާކަމަށެވެ.

މިފަދަ ނިންމުންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ކަމެއްކަމަށާއި، މިއީ ޢަދުލުވެރިކަމާއި ދެމެހެއްޓެނިވި ސުލްހަ ޤާއިމުކުރުމުގެ ފުރުސަތުތަކަށް އެޅޭ ހުރަހެއް ކަމުގައިވެސް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށް ކުރާ ތާޢީދު އެގޮތުގައި ދެމި އޮންނާނެ ކަން ހާމަކުރައްވާ ދިވެހި ސަރުކާރުން ވަނީ، އިސްރާއީލުން ހިންގަމުންދާ މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޤަރާރުތައް ތަންފީޒުކޮށް، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި