Ads by
ޚަބަރު
ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން، އެކަމަށް ގިނަ މަސައްކަތްތަކެއް އެބަކުރަން: ރައީސް
ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ:ރައީސް އޮފީސް

އެމަނިކުފާނުގެ ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން އެމަނިކުފާނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން ކަމަށެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރި ކުރުވައި، މަސައްކަތް ކުރެވޭނެ ގޮތް ޤާނޫނުތަކަށް އިޞްލާޙު ގެނެސްގެން ކުރިއަށް ގެންދިއުމަށް ގަސްތުކުރައްވާ ކަމަށެވެ.

“އަޅުގަނޑުގެ ސިޔާސަތަކީ ކަނބަލުންނަކީ، އަންހެން ބޭފުޅުންނަކީ ބާރުވެރިކުރެވިފައިވާ، އެމްޕަވާކުރެވިފައިވާ ބަޔަކަށް ހަދައިދިނުން. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް އެބަ ގެންދަން. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުވާ، މަސައްކަތް ކުރެވޭނެ ގޮތް ޤާނޫނުތަކަށް އިޞްލާޙު ގެނެސްގެން ކުރިޔަށް ގެންދަން އަޅުގަނޑު ގަސްތުކޮށްފައި ވާނީ،” މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ އަންހެނުންނަށް ފޮނުއްވަމުން ރައީސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރި ކުރުވުމުގެ ސިޔާސަތާ އެއްގޮތަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއިރު، ހަފުތާ 14 މަގު ޗާޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން އަންހެނުންނަށް ޚާއްޞަކުރި ގިނަ ކަންތައްތައް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *