Ads by
ޚަބަރު
އެސްޓީއޯއިން ޓްރިސްޓާ ބްރޭންޑްގެ ޕްރޮޑަކްޓްސް ރާއްޖެއަށް ތަޢާރަފުކޮށްފި
އެސްޓީއޯ މެޑިކަލް ސާވިސަސްއިން ޓްރިސްޓާ ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖޭގެ މާކެޓަށް ތަޢާރަފުކުރުން - ފޮޓޯ:އެސްޓީއޯ

އެސްޓީއޯ މެޑިކަލް ސާވިސަސްއިން ޓްރިސްޓާ ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖޭގެ މާކެޓަށް ތަޢާރަފުކޮށްފިއެވެ.

Ads by Eki Online

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޓްރިސްޓާ ބްރޭންޑުގެ ޕްރޮޑަކްޓުތައް ތަޢާރަފުކޮށްދެއްވާފައި ވަނީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމާއި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަޙުމަދު ނިއުޝާދެވެ.

އަލަށް ތަޢާރަފުކުރެވުނު ޓްރިސްޓާ ބްރޭންޑުގެ ޕްރޮޑަކްޓުތަކާ ގުޅޭގޮތުން އެސްޓީއޯއިން ބުނެފައި ވަނީ ތަޢާރަފުކުރެވުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ހޮސްޕިޓަލާއި ކްލިނިކްތަކަށް ޚާއްޞަ އަދި ގޭގައިވެސް ބޭނުން ކުރެވޭނެ ޞިއްޙީ ކަންކަން މޮނިޓަރ ކުރާ ވަސީލަތްތައް ހިމެނޭ ކަމަށެވެ. އެގޮތުން އަވަސް ފަރުވާ ދިނުމަށާއި އާދަކޮށް ބަލަހައްޓަން ޖެހޭ ޞިއްޙީ ކަންކަމާއި ހޯމް ކެއާ އަދި ޒީނަތްތެރިވުމަށް ބޭނުން ކުރެވޭނެ އެކި ވަސީލަތްތައް އޭގެތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަލަށް ތަޢާރަފުކުރި ޕްރޮޑަކްޓުތަކުގެ ތެރޭގައި ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ގޭގައި ބޭނުން ކުރެވޭނެ ޚާއްޞަ ވަސީލަތްތައް ހިމެނެއެވެ. އެގޮތުން ލޭގެ ޕްރެޝަރ, ހަކުރު ބަލި، ޕަލްސް އަދި އޮކްސިޖަން ބެލޭނެ ޑިވައިސްތަކާއި ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށް ބޭނުން ކުރެވޭނެ ޚާއްޞަ އިކުއިޕްމެންޓާއި ޞިއްޙީ ދުޅަހެޔޮކަން ބެލެހެއްޓުމަށް ބޭނުންކުރާ ގިނަ ޕްރޮޑަކްޓުތައް އޭގެ ތެރޭގައި ހިމެނޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޓްރިސްޓާ ބްރޭންޑުގެ ޕްރޮޑަކްޓުތަކަކީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޕްރޮޑަކްޓުތަކެކެވެ. އެމެރިކާގެ މަޝްހޫރު އަދި އިތުބާރު ހޯދާފައިވާ ޓްރިސްޓާ ބްރޭންޑުގެ މެޑިކަލް އިކުއިޕްމެންޓް އުފައްދާ ކުންފުންޏަކީ 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ޕީޕަލްސް ޗޮއިސް ފިހާރައިގެ އިތުރުން އެ ކުންފުނީގެ މާލެ ސަރަޙައްދުތަކުގެ ފާމަސީތަކުން ޓްރިސްޓާ ބްރޭންޑުގެ ވަސީލަތްތައް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެ ކަމުގައެވެ. އެ ކުންފުނީގެ އަމާޒަކީ ވީހާވެސް ކުރު މުއްދަތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *