Sunday, 25 October 2026
Ads by

އިންތިޚާބުތަކަށް ސަރުކާރުން ގެންނެވި ބަދަލު އިބޫއަށް ކަމުގޮސްފި

އިންތިޚާބުތަކަށް ސަރުކާރުން ގެންނެވި ބަދަލު އިބޫއަށް ކަމުގޮސްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު މިހާރު ބާއްވަމުން އަންނަ ގޮތަކީ އެންމެ ރަނގަޅު ގޮތްނޫން ކަމަށާއި، ރަނގަޅު ގޮތަކީ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިޚާބު ބޭއްވުން ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޞާލިޙް މި މޭރުމުން ވިދާޅުވީ ޅ. ކުރެންދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޞާލިޙް ވިދާޅުވީ، ރާއްޖޭގައި އިންތިޚާބުތައް ބާއްވަމުން އަންނަ ގޮތުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުގައި ކަމަށެވެ.

ޞާލިޙް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރާތާ ތިން މަސް ފަހުން މަޖިލިސް އިންތިޚާބު ބޭއްވުމުން، ރައްޔިތުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެންނަ ކަމަށާއި، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުން އެ މަންޒަރު ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.

”ރައީސް ޔާމީން އިންތިޚާބުވެވަޑައިގަތުމަށް ފަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބޮޑުކޮށް މަޖިލީހުގެ މެޖޯރިޓީ ނެންގެވި، ދެން އައީ އަޅުގަނޑުގެ ވެރިކަމުގެ ދުވަސްވަރު، 2018 ގައި އަޅުގަނޑު އިންތިޚާބުވުމަށް ފަހު 2019 ގައި އަޅުގަނޑު ނެގިން ރައީސް ޔާމީނަށް ވުރެ ގިނައިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ. ދެން މި އައީ ރައީސް މުޢިއްޒު، ރައީސް މުޢިއްޒު ނެންގެވީ އަދި އެއަށްވުރެ މާ ގިނައިން،“ – ޞާލިޙް ވިދާޅުވިއެވެ.

އެކަން އެގޮތަށް އޮތުމުން ނުކުންނަ ނަތީޖާ ރަނގަޅު ނޫންކަން ފާހަގަކުރައްވަމުން ޞާލިޙް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރަނީ ފަސް އަހަރުގެ މުއްދަތަކަށްވާއިރު، އެ މަޤާމުގައި ހުންނަވާ ބޭފުޅަކު ކަންކަން ކުރައްވާގޮތް ކޮންމެވެސް ވަރަކަށް ބެލުމަށް ފަހުގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޞާލިޙް ވިދާޅުވީ، އެންމެ ރަނގަޅުގޮތެއް ކަމަށް އޭނާއަށް ފެނިވަޑައިގަންނަވަނީ ދެ އަހަރު ބައި ހޭދަކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުން ނުވަތަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށްފަހު، މަޖިލީހުގެ ދައުރު ދެ އަހަރު ބަޔަށް ކުޑަކޮށްލުން ކަމަށެވެ.

މީގެ އިތުރުން ޞާލިޙް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ ފަސް އަހަރުދުވަހުގެ ދައުރެއް އަދާ ކުރައްވާ ބޭފުޅަކަށްވާއިރު، ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުވެފައި އޮންނަންޖެހޭ ކަމަށާއި ނަމަވެސް، ޤާނޫނުއަސާސީ މިހާރު އޮންނަގޮތުން މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނޯންނަ ކަމަށެވެ. އެހެންކަމުން ދެ އިންތިޚާބު އެއްކޮށްލުމުގެ ކުރިން ސަރުކާރުން ބާއްވަން ނިންމާފައިވާ ރެފަރެންޑަމާ މެދު ވަަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ޞާލިޙް ވަނީ އިތުރަށް ވިދާޅުވެފައެވެ.

ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނީ ރައްޔިތުންގެ ޢާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު އެ ވޯޓު ނެގުމުގެ މަސައްކަތްކުރުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން އަންނަނީ އެތަކެއް ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން މަސައްކަތްކުރަނީ ވޯޓުން ވައްކަން ކުރަން ކަމަށްވެސް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. ނަމަވެސް މީގެ ކުރިން ޞާލިޙް ވެސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ތިން އިންތިޚާބު އެކުގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި