Ads by
ޚަބަރު
އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފި
އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވި ވަގުތީ މިސްކިތް - ފޮޓޯ:އެޗްޑީސީ

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.

Ads by Eki Online

ރޯދަ މަހަށް ޚާއްޞަކޮށްގެން އިމާރާތް ކުރެވުނު މި ވަގުތީ މިސްކިތުގެ ނަމަކީ މަސްޖިދުލް ޝާކިރީންއެވެ.

މި މިސްކިތް ގާއިމުކުރެވިފައި ވަނީ ދެވަނަ ފިޔަވަހީގެ ހިޔާ ޕާރކް ސަރަޙައްދުގައެވެ. އެޗްޑީސީން ބުނީ މި މިސްކިތަކީ ހިޔާ ސަރަޙައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަޙައްދަކަށް ދާން ޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވުނު މިސްކިތެއް ކަމަށެވެ.

އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނެފައި ވަނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *