Wednesday, 9 September 2026
Ads by

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓަރު ސަޢީދު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓަރު ސަޢީދު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

އިކޮނިމިކް މިނިސްޓަރު ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިޔަފާރިވެރިންނާއި ސަރުކާރުގެ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

Ad Image
Ads by

މި ބައްދަލުވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނީ، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ބޭނުންވާ ތަކެތި އެކަށީގެންވާ މިންވަރަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމުގެ އިތުރުން، އެ ތަކެތި ފަސޭހަކަމާއެކު ޢާންމުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ކަމަށެވެ.

https://twitter.com/MoEDmv/status/2023019428695482855

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤުޞަދަކީ، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތްކުރުމާއި ޒަރޫރީ ތަކެތި ޢާންމުންނަށް އިތުބާރުހިފޭ ގޮތެއްގައި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ޒަރޫރީ ތަކެތި އެއްވެސް ދަތިކަމެއް ނެތި ޢާންމުންނަށް ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން ހެޔޮ އަގުގައި ލިބޭނެ ކަމުގެ ޔަޤީންކަން އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި