Ads by
ޚަބަރު
ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ގާއިމުކޮށް، އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރަން ބޭނުން: އިންނަމާދޫ ކައުންސިލް
ރައީސް މުޢިއްޒު އިންނަމާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް އެ ރަށުގައި ގާއިމުކޮށް، އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ ކަމަށް އިންނަމާދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ދަންނަވައިފިއެވެ.

Ads by Eki Online

އިންނަމާދޫ ކައުންސިލުން މިކަންކަން ހިއްސާކުރައްވާފައި ވަނީ ރައީސް، އެ ކައުންސިލާ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު އާދިއްތަ ދުވަހު ރ. އިނގުރައިދޫ ސްކޫލުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އިންނަމާދޫ ރައްޔިތުން އެދޭ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުގެ މެންބަރުން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓު އަޅަން ބޭނުންވާ ކަމަށާއި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމާއި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާ އަދި ރަށުގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ފެށުމަށްފަހު މަސައްކަތް ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގެ ބޭނުންތެރިކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *