Ads by
ޚަބަރު
ރަސްމާދޫ ކައުންސިލުން ފާހަގަކުރި ކަންކަން ފުރިހަމަކޮށްދިނުމަށް މަސައްކަތްކޮށްދޭނަން: ރައީސް
ރައީސް މުޢިއްޒު ރަސްމާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ތަރައްޤީއަށް އެ ރަށުގެ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް މިހެން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހު ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރ. އިނގުރައިދޫ ސްކޫލުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރަސްމާދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމަށް ފްލެޓު ބޭނުންވާ ކަމަށާއި ކަރަންޓު ދިނުމުގައި ކުރިމަތިވާ ދަތިތަކާއި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާ ކަމަށާ އަދި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އަވަހަށް ފެށުން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުގެ މެންބަރުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ޓީމުން ވަނީ ރަސްމާދޫގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *