Ads by
ޚަބަރު
ސްކޫލް އިމާރާތް ނުނިމި ލަސްވުމުގެ ކަންބޮޑުވުމާ އެކު، އިނގުރައިދޫ ކައުންސިލުން އެދުނީ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަސްކުރަން
ރައީސް މުޢިއްޒު އިނގުރައިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ސްކޫލް ކްލާސްރޫމުތަކެއް ހިމެނޭ އިމާރާތުގެ މަސައްކަތް ނުނިމި ލަސްވެފައިވާ ކަމުގެ ކަންބޮޑުވުމާ އެކު، 100 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވުމަށް މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.

Ads by Eki Online

އިނގުރައިދޫ ކައުންސިލުން މިކަންކަން ހިއްސާކުރައްވާފައި ވަނީ ރައީސް އާދިއްތަ ދުވަހު އެ ކައުންސިލާ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު އެ ރަށު ސްކޫލުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އިނގުރައިދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމާއި ބަނދަރާއި ގުޅިގެން ބޭނުންވާ ކަންކަމާއި ސްލިޕްވޭއެއްގެ މުހިންމުކަމާއި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަހަށް ފެށުމާއި މަގު ހެދުމުގެ މަޝްރޫއަށް ރަށުގެ މުހިންމު އިތުރު މަގުތަކެއް ހިމެނުމާ އަދި ސްކޫލު ކްލާސްރޫމުތަކެއް ހިމެނޭ އިމާރާތުގެ މަސައްކަތް ނުނިމި ލަސްވުން ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހައްލު ކުރުމާ އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުގެ މެންބަރުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރައްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވާ ރައީސް ވަނީ އިނގުރައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *