Ads by
ޚަބަރު
މާކުރަތު ކައުންސިލުން އެދުނީ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރުގެ މަސައްކަތް އަވަސްކޮށްދިނުމަށް
ރައީސް މުޢިއްޒު މާކުރަތު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލުގެ މެންބަރުން އެދިވަޑައިގެންފިއެވެ.

Ads by Eki Online

މާކުރަތު ކައުންސިލުން މިކަން ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާދިއްތަ ދުވަހު އެ ކައުންސިލާ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރ. ދުވާފަރު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މާކުރަތުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މުހިންމުކަމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަމުގެ އިތުރުން އޮފީސް ކޮމްޕްލެކްސްއެއްގެ މުހިންމުކަމާ އަދި ސްކޫލަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުގެ މެންބަރުން ހިއްސާކުރެއްވިއެވެ.

ކަމާ ގުޅުންހުރި ވަޒީރުން މެދުވެރިކުރައްވާ ރައީސް ވަނީ މާކުރަތު ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *