Ads by
ޚަބަރު
ދުވާފަރުގައި އަންހެނުންގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ދިނުމަށް އިސްކަންދޭނަން: ރައީސް
ރައީސް މުޢިއްޒު ދުވާފަރު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް އިސްކަންދޭ ކަމެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް މިހެން ވިދާޅުވެފައި ވަނީ ދުވާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު އެ ރަށު ކައުންސިލް އިދާރާގައި އާދިއްތަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމާއި ހުއްޓިފައިވާ މަޝްރޫޢުތައް ފެށޭނެގޮތްވުން ބޭނުންވާ ކަމަށާއި ދުވާފަރުގެ ގެތަކުގެ ރަޖިސްޓްރީ އާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ބަނދަރު ބޮޑުކުރުމާއި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދަން އެދުން ހިމެނެއެވެ. މީގެ އިތުރުން ވޮލީ އަދި ހޭންޑްބޯލް ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުގެ މެންބަރުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ކަންކަން ކުރައްވާނީ ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކުރީގެ ސަރުކާރުން ބިލުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް އަލުން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *