Ads by
ޚަބަރު
ރަށްގިރުމުގެ މައްސަލަ އާއި މަގު ހެދުމުގެ މަޝްރޫޢާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހުޅުދުއްފާރު ކައުންސިލުން ރައީސް އާ ހިއްސާކޮށްފި
ރައީސް މުޢިއްޒު ހުޅުދުއްފާރު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރަށްގިރުމުގެ މައްސަލަ އާއި މަގު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ހުޅުދުއްފާރު ކައުންސިލުން މި ކަންކަން ހިއްސާކުރައްވާފައި ވަނީ ރައީސް، އާދިއްތަ ދުވަހު އެ ކައުންސިލާ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރ. އުނގޫފާރު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލަ އާއި މަގު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކުގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ލިބޭ ގޮތަށް ގާއުނޑޫދޫ ހަމަޖައްސަން ބޭނުންވާކަން ހިމެނެއެވެ. އަދި ސްކޫލުގެ އާ ކްލާސްރޫމުގެ އިމާރާތް ނުނިމި ލަސްވާތީ އެކަމުގެ ކަންބޮޑުވުމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުގެ މެންބަރުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވާ ރައީސް ވަނީ ހުޅުދުއްފާރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *