Ads by
ޚަބަރު
ރ. އަތޮޅުގެ މަޝްރޫޢުތަކުގައި ރައްޔިތުން ކުރަން ޖެހޭ ހޭދަ ކުޑަވާގޮތަށް ކަންކަން ކުރަން އިސްކަންދޭނަން: ރައީސް
ރައީސް މުޢިއްޒު ރ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ރައްޔިތުންނަށް ފަސޭހަތައް އިތުރުވާނެ ގޮތަށް އަދި ރައްޔިތުން ކުރަން ޖެހޭ ހޭދަތައް ކުޑަވާނެ ގޮތަށް ކަންކަން ކުރުމަށް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް މިހެން ވިދާޅުވެފައި ވަނީ ރ. އަތޮޅު ކައުންސިލުގެ މެންބަރުންނާ އެކު، އާދިއްތަ ދުވަހު އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގައި އާރުޓީއެލް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމުގެ މުހިންމު ކަމާއި އިފުރު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމާއި އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މުހިންމު ކަމާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅު ކުރުމާއި ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން އަތޮޅުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުގެ މެންބަރުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަން ދެއްވައިގެން އެ ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *