Wednesday, 9 September 2026
Ads by

ޤައުމަށް ރީތި ނަން ހޯދައިދޭ ކޮންމެ ކުއްޖަކަށް ހިތްވަރު ދޭންޖެހޭ: ޝުޖާއު

ޤައުމަށް ރީތި ނަން ހޯދައިދޭ ކޮންމެ ކުއްޖަކަށް ހިތްވަރު ދޭންޖެހޭ: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤައުމަށް ރީތި ނަން ހޯދައިދޭ ކޮންމެ ކުއްޖަކަށް ހިތްވަރު ދޭންޖެހޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވުމާއި ގުޅުވައިގެން އިދިކޮޅުގެ ފަރާތްތަކުން ދައްކަމުން އަންނަ ދޮގު ވާހަކަތަކަށް ރައްދުދެއްވަމުން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އުމައިރަކީ ހުނަރުވެރި މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއެއް ކަމަށާއި، އޭނާ ހުނަރުވެރި އެތްލީޓަކަށްވީ މިއަދަކުނޫން ކަމަށެވެ.

ޤައުމަށް ރީތި ނަންހޯދައިދޭ ކޮންމެ ކުއްޖަކަށް ހިތްވަރު ދޭންޖެހޭކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، ރާއްޖޭގައި ނެތިގެން މި އުޅެނީ މިފަދަ އާދަތައް ކަމަށާއި، މިފަދަ ކަންކަން ސިޔާސީ ކުރުން ބަލައިނުގަނެވޭ ކަމަށެވެ.

https://x.com/ibrahimshujaau/status/2022394359162044708

ޝުޖާއު ވިދާޅުވީ، އެވޯރޑު ލިބޭނީ އެވޯރޑް ޙައްޤުވާ ފަރާތަކަށް އެކަނި ކަމަށާއި، އުމައިރު ކުޅިވަރުގެ ދާއިރާއިން ރަން ވަނަތައް ހޯދަން ފެށީ މިއަދަކުނޫން ކަމަށެވެ. އުމައިރަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިވެސް ޓޭބަލް ޓެނިހުގައި ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިއެއްކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، ކޮންމެ ކަމެއް ސިޔާސީކޮށް ކުދިންގެ ކުރިމަގު ބަނަވާގޮތަށް ލިޔުންތައް ލިޔުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

އުމީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވުމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން އަދި ކާކުކަން ނޭނގޭ އެކައުންޓްތަކުން އަންނަނީ އުމައިރަށް ނިސްބަތްކޮށް އެތަކެއް ދޮގު ވާހަކަތަކެއް ފަތުރައި، ގަނާކޮށް ފުރައްސާރަކުރަމުންނެވެ. ފުރައްސާރަކުރާ މީހުން ބުނާގޮތުގައި އުމައިރު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރިނުވެ އަދި އެއްވެސް މުބާރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީއަކާއި މެޑައްޔެއްވެސް ނުލިބި ހަމައެކަނި ރައީސްގެ ދަރިކަލުންނަށް ވީތީއެވެ. ނަމަވެސް މި ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ހެކިދޭ އެތަކެއް ކަމެއް ފެންނަން އެބަހުއްޓެވެ.

އުމައިރަށް ކުރަމުންދާ ފުރައްސާރައިގެ ދިފާޢުގައިވެސް އެތައް ބަޔަކު ނުކުމެ ދަނީ ޙަޤީޤަތް ހާމަކުރަމުންނެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތައް ބަޔަކު މިކަން ކުށްވެރިކޮށް ވާހަކަދައްކާފައިވެއެވެ.

ކުޅިވަރު އެވޯރޑްގެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ސްޕޯޓްސް މިނިސްޓްރީން މިހާރު އިޢުލާންކޮށްފައިވާއިރު ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައިވަނީ، 2024 ވަނަ އަހަރުގެ ޒުވާން ކުޅުންތެރިންގެ ފިރިހެން ކެޓަގަރީއަށެވެ. އުމައިރު ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްޕޯޓްސް އެވޯރޑް 2025 މިދިޔަ އަހަރު ލަސްވެ، އެ ޙަފްލާ ބާއްވާފައި ނުވެއެވެ. އެހެންކަމުން ސްޕޯޓްސް އެރވޯޑް 2025 އަށް ނޮމިނޭޓްވެފައިވާ ހުރިހާ ކުދިންނަކީވެސް 2024 ވަނަ އަހަރު އެކި ކުޅިވަރު ތަކުން ރަންވަނަތަކާއި، ކާމިޔާބީތައް ހޯދައިގެން ނޮމިނޭޓްވީ ކުދިންނެވެ. އެހެންކަމުން މި އަހަރު ބާއްވާ އެވޯރޑަކީ 2025 ވަނަ އަހަރުގެ އެވޯރޑުކަން ސާފުކޮށް ފެންނަން އެބައޮތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި