Ads by
ޚަބަރު
ރަށުގެ ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކޮށް، އާ މިސްކިތެއް ބޭނުން: ކިނޮޅަސް ކައުންސިލް
ރައީސް މުޢިއްޒު ކިނޮޅަސް ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރަށުގެ ގިރާ ސަރަޙައްދުތައް ހިމާޔަތްކޮށް، އާ މިސްކިތެއް އެޅުމުގެ މުހިންމުކަން މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލުގެ މެންބަރުން ފާހަގަކުރައްވައިފިއެވެ.

Ads by Eki Online

ކިނޮޅަސް ކައުންސިލުން މިކަން ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ރޭ އެ ކައުންސިލާ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރ. މީދޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތް ކުރުމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އާ އިމާރާތެއް އެޅުމާއި އާ މިސްކިތެއްގެ މުހިންމުކަމާއި ފުޓްސަލް ދަނޑު ރަނގަޅު ފެންވަރަށް ހެދުމާއި ވޮލީކޯޓް މަރާމާތުކުރުން އަދި އިންޑޯޖިމެއްގެ މުހިންމުކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *