Ads by
ޚަބަރު
ޗައިނާއިން ހަދިޔާކުރި 12 އެމްބިއުލާންސް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި
ޗައިނާ ސަރުކާރުން ހަދިޔާކުރި 12 އެމްބިއުލާންސް ހެލްތު މިނިސްޓްރީ އާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް

ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ 12 ގްރީން އެމްބިއުލާންސް، ހެލްތު މިނިސްޓްރީއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

Ads by Eki Online

މިއަދު ހަވީރު ރޯޝަނީ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ހަވާލުކުރި އެމްބިއުލާންސްތަކާ އެކު، ކާރިސާ ވަގުތުތަކުގަ އާއި އެމެޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭން ޖެހޭ ޞިއްޙީ ކުއްލި ފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި، އެމްބަސީގެ ފަރާތުން ހަދިޔާކުރި ގްރީން އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީ އާ ހަވާލުކުރުމުގެ ސެޓްފިކެޓުގައި ސޮއިކުރެއްވުންވެސް އޮތެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *