Ads by
ޚަބަރު
އޭޝިއަން ޓެލެކޮމް އެވޯޑު ދިރާގަށް
އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ވަނީ ލިބިފައި - ފޮޓޯ:ދިރާގު

މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އަށް ލިބިއްޖެއެވެ.

Ads by Eki Online

އޭޝިއަން ޓެލެކޮމް އެވޯޑްސްއަކީ މި ސަރަޙައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ދިރާގަށް މި ލިބުނު އެވޯޑަކީ ދިވެހިރާއްޖެ ފަދަ އެތައް ރަށަކަށް އާބާދީ ބެހިފައިވާ ޖަޒީރާ ޤައުމަކަށް ހަލުވި ސްޕީޑްގައި މޮބައިލް އަދި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދީ، މުވާސަލާތީ އަދި ޑިޖިޓަލް ވިއުގަ ތަރައްޤީ ކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ލިބުނު އެވޯޑެކެވެ.

“އޭޝިއަން ޓެލެކޮމް އެވޯޑްސް 2024 ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. މި ކާމިޔާބީން ހާމަވެގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓަރނެޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އަޅުގަނޑުމެން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. އަދި މި ފުރުސަތުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރު ފާހަގަކޮށް، އަޅުގަނޑުމެންގެ ނެޓްވަރކްގައި ތިއްބެވިކަމަށްޓަކައި ހުރިހާ ކަސްޓަމަރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން،” – ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢިލް ރަޝީދު

ދިރާގުން ވަނީ މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ މޮބައިލް 4ޖީ ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ 94 އިންސައްތަ ގޭބީސީއަށް ފައިބަރ-ޓު-ދަ-ހޯމް އިންޓަރނެޓުގެ ޚިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން ދިރާގުން މިހާރު ވަނީ 5ޖީގެ ޚިދުމަތް އާބާދީގެ 50 އިންސައްތައަށް ފޯރުކޮށްދީފައެވެ. ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުންޏެވެ.

މިދިޔަ ހަފުތާގައި ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން ‘ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް’ ގެ އެވޯޑު ލިބިފައެވެ. މިއީ ދިރާގަށް މި އެވޯޑު ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *