Ads by
ޚަބަރު
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މިހާރު ވަގުތުން ލިބޭނެ
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މިހާރު ވަގުތުން ލިބޭނެ ކަމަށް އެ ބޭންކުން ބުނޭ - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް މިހާރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

Ads by Eki Online

ބީއެމްއެލުން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނެވުނު ބަދަލެއް ކަމަށެވެ.

ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނެފައި ވަނީ އޮންލައިންކޮށް ހުށަހެޅުމުން ފައިނޭންސިންގ އެޕްރޫވްކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

ވަގުތުން އެޕްރޫވްކުރާ ފައިނޭންސިންގ ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައި ވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނި ގޮތުގައި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާގެ އިތުރުން މުދަލާއި އެހެނިހެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމުގައެވެ. ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުން ކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުން ކަމަށް އެ ބޭންކުން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޢިބުރޭ3 މަސް ކުރިން

ާތަވައްރުގު (ކޮމޯޑިޓީމުރާބަޙާ) މިއީ ކޮންކަހަލަ އުސޫލެއްތޯ؟ ކަސްޓަމަރ ގުދުކޮށްފަ ފައިސާހޯދާ އުސޫލުތޯ؟އާޓިކަލް ލިޔުއްވީ ދިވެއްސެއްތޯޯ ކޮމެންޓް ޖަހާލަދެއްޗޭ

0
0