ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު، ޤައުމީ ކުޅިވަރު އެވޯރޑު 2025 އަށް ނޮމިނޭޓްވުމާއި ގުޅިގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯރމްތަކުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ހިމެނޭހެން އުމައިރަށް އެކި ގޮތްގޮތަށް ގަނާކޮށް ފުރައްސާރަކުރަން ފަށައިފިއެވެ.
ކުޅިވަރު އެވޯރޑްގެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ސްޕޯޓްސް މިނިސްޓްރީން މިހާރު އިޢުލާންކޮށްފައިވާއިރު ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައިވަނީ، 2024 ވަނަ އަހަރުގެ ޒުވާން ކުޅުންތެރިންގެ ފިރިހެން ކެޓަގަރީއަށެވެ. އުމައިރު ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލްޓެނިސް އެސޯސިއޭޝަނުންނެވެ.
ފާހަގަކޮށްލެވޭގޮތުގައި ސްޕޯޓްސް އެވޯޑް 2025 މިދިޔަ އަހަރު ލަސްވެ، އެ ޙަފްލާ ބާއްވާފައި ނުވެއެވެ. އެހެންކަމުން ސްޕޯޓްސް އެވޯޑް 2025 އަށް ނޮމިނޭޓްވެފައިވާ ހުރިހާ ކުދިންނަކީވެސް 2024 ވަނަ އަހަރު އެކި ކުޅިވަރު ތަކުން ރަންވަނަތަކާއި، ކާމިޔާބީތައް ހޯދައިގެން ނޮމިނޭޓްވީ ކުދިންނެވެ. އެހެންކަމުން މިއަހަރު ބާއްވާ އެވޯޑަކީ 2025 ވަނަ އަހަރުގެ އެވޯޑުކަން ސާފުކޮށް ފެންނަން އެބައޮތެވެ.
Young Sportsman of the year 2025
Nominations are:
• Mohamed Azaan Ahmed
• Eyan Ahmed
• Umyr Mohamed Muizzu
• Mohamed Rihan Shiham
• Zeek Hassan Latheef#SportsAwards2025 pic.twitter.com/dQi0xUxwbB— Maldives Sports Awards (@MVSportsAwards) February 12, 2026
އުމައިރަކީ ޓޭބަލް ޓެނިހުގައި ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ނަމަވެސް ޤައުމީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވުމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން އަދި ކާކުކަން ނޭނގޭ އެކައުންޓްތަކުން އަންނަނީ އުމައިރުއަށް ނިސްބަތްކޮށް އެތަކެއް ދޮގު ވާހަކަތަކެއް ފަތުރައި، ގަނާކޮށް ފުރައްސާރަކުރަމުންނެވެ.

ފުރައްސާރަކުރާ މީހުން ބުނާގޮތުން އުމައިރު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރިނުވެ އަދި އެއްވެސް މުބާރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީއަކާއި މެޑައްޔެއް ވެސް ނުލިބި ރައީސްގެ ދަރިކަލުންނަށް ވީތީއެވެ. ނަމަވެސް މި ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ހެކިދޭ އެތަކެއް ކަމެއް ފެންނަން އެބަހުއްޓެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި އުމައިރު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އޭނާ ކުޅިވަރުގެ މައިދާނުގައި ދައްކަމުންދާ މޮޅު ކުޅުމާއި، ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ސަބަބުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތަކުގެ ތެރޭގައި:

މީގެ އިތުރުން ވެސް އުމައިރު ވަނީ އިންޓަރސްކޫލް ޓޭބަލް ޓެނިސް މުބާރަތްތަކުގައި ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައިފައެވެ. މިކަމުން ވެސް ހެކިދެނީ އުމައިރު މި އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އޭނާގެ އަމިއްލަ މިންނެތް މަސައްކަތުން ކަމަށާއި، އެވޯރޑަށް ނޮމިނޭޓްވީ އޭނާގެ ހުރި ކުޅިވަރުގެ ފެންވަރަށް ބެލުމަށްފަހުގައި ކަމަށެވެ.

އުމައިރަށް ކުރަމުންދާ ފުރައްސާރައިގެ ދިފާޢުގައިވެސް އެތައް ބަޔަކު ނުކުމެ ދަނީ ޙަޤީޤަތް ހާމަކުރަމުންނެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތައް ބަޔަކު މިކަން ކުށްވެރިކޮށް ވާހަކަ ދައްކާފައިވެއެވެ.

އެހެންކަމުން އުމައިރަށް ލިބުނު ކާމިޔާބީގައި ސިޔާސީ ކުލަ ނުޖައްސައި، އޭނާއަށް ލިބިފައިވާ ކާމިޔާބީތަކަށް މަރުޙަބާ ކިޔައި ރިވެތި ސިފަތަކަށް ރުޖޫޢަވާންޖެހެއެވެ. ދިވެއްސަކަށް ކާމިޔާބީއެއް ލިބުމުން އެކަމާ އުފާފާޅުކުރާ ބަޔަކަށްވެ، އެ ކާމިޔާބީގެ އުފަލުގައި ބައިވެރިވާންޖެހެއެވެ. މިކަމުގައި އުމައިރަކީ ރައީސްގެ ދަރިކަލުންތޯ ނުވަތަ ނޫންތޯ ބެލުމަށްވުރެ ބޮޑަށް ބަލަންވީ އޭނާގެ ފަންނުވެރިކަމަށެވެ. ރައީސްގެ ދަރިކަލުންނަށް ވީތީ، ލިބެންޖެހޭ ޙައްޤަކުން އުމައިރު އިސްތިސްނާވުމަކީ އިންސާފެއް ނޫނެވެ.










