Ads by
ޚަބަރު
ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ 3 ހަފުތާގެ ނަސީބުވެރިން ހޮވައިފި
ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުން ހޮވުނު ނަސީބުވެރި ފަރާތަކަށް އިނާމު ހަވާލުކުރަނީ - ފޮޓޯ:އުރީދޫ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ރަނުގެ ފުރުސަތުގެ ފުރަތަމަ ތިން ހަފުތާގެ ނަސީބުވެރިން ހޮވައިފިއެވެ.

Ads by Eki Online

އުރީދޫގެ މި ޕްރޮމޯޝަނަކީ މުބާރާތުގެ މެޗުތައް ކުރިއަށްދާ ދުވަސްތަކުގައި ރެހެންދި ޓާރފު ދަނޑުގައި ބަހައްޓާފައި ހުންނަ އުރީދޫ ޓެންޓުން އެ ކުންފުނީގެ ޚިދުމަތަކަށް އެދިގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އުރީދޫން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ އިނާމުތައް ހިމެނެއެވެ.

އުރީދޫގެ ރަނުގެ ފުރުސަތުގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވުނު އަޙުމަދު ސާއިން އިސްމާޢިލް ޝިޔާމަށް ލިބުނީ 203 ލީޓަރުގެ ރެފްރިޖެރޭޓަރެކެވެ. ދެވަނަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ލިބުނުއިރު، ތިންވަނަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވުނު އަބްދުﷲ ނާސިރަށް ލިބިފައި ވަނީ ސޯފާއެކެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަރނެޓް ޙިދުމަތް އަދި 5ޖީ ޑިވައިސްއެއް ގަނެގެން މި ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށް ކަމުގައެވެ. ރެހެންދި ޓާރފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އެ ކުންފުނީގެ ޓީމުން ކަސްޓަމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އުރީދޫން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *