Sunday, 26 July 2026
Ads by

އައްޑޫ ސިޓީ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

Ad Image
Ads by

މިކަމާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވީ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތަކީ އައްޑޫ ޕީއެންސީ ކެމްޕެއިން ޓީމުތަކުން އިސް ނަގައިގެން ފެށި މަސައްކަތެއް ކަމަށެވެ. ނަމަވެސް ރޭ ހަރުކުރި ޕޯސްޓަރުތަކާއި ބެނާތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ. ގެއްލުން ދީފައިވަނީ މަރަދޫ އިން ހިތަދޫ ދަތުރުކުރާ ހައިވޭ ސަރަހައްދުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށެވެ.

”މި ސަރަަހައްދުގައި ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ރޭ ކެމްޕެއިން ޓީމުތަކުން އަދި ސްޓިއަރިން ކޮމިޓީތަކުން ކުރީ. މަސައްކަތް އެއްކޮށް ނިންމާނުލެވުމުން ބާކީ ހުރި މަސައްކަތްތައް ކުރަން ހުކުރު ނަމާދަށް ފަހު މެންދުރު ފަހުގެ ވަގުތެއްގައި ދިޔަ އިރު ޕޯސްޓަރުތަކަށް ގެއްލުންދީފައިވާ ކަމަށް މައުލޫމާތު ލިބެނީ.“ މެމްބަރު ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ ފޭދޫގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ކަޅުތެޔޮ ޖަހާފައި ވާކަމުގެ ހަބަރުތަކެއް ވެސް ލިބިފައިވާ ކަމަށެވެ.

ޕީއެންސީގެ ޕޯސްޓަރުތަކަށް ގެއްލުން ދީފައިވަނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. އަދި މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް ސިނާނު ވިދާޅުވި އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި