Wednesday, 9 September 2026
Ads by

މިނިސްޓަރ ޝިޔާމް ވިދާޅުވެ ދެއްވީ ނައިފަރުން ޕީއެންސީ ކެންޑިޑޭޓުން ހޮވަންވީ ސަބަބުތައް!

މިނިސްޓަރ ޝިޔާމް ވިދާޅުވެ ދެއްވީ ނައިފަރުން ޕީއެންސީ ކެންޑިޑޭޓުން ހޮވަންވީ ސަބަބުތައް!

ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ޅ. ނައިފަރުން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ އެތައް ސަބަބުތައް ނައިފަރަށް އުފަން، މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ތަފްސީލު ކޮށްދެއްވައިފިއެވެ.

Ad Image
Ads by

މިނިސްޓަރ ޝިޔާމް ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ކެންޑިޑޭޓުންނަށް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްދިނުމަކީ ނައިފަރުގެ ތަރައްޤީގެ މަޝްރޫއޫތައް ބާރަށް ގެންދިއުމަށް ކޮންމެހެންވެސް މުހިންމުކަމެއް ކަމަށެވެ. އެއާއިއެކު މިނިސްޓަރ ތަފްސީލް ކޮށްދެއްވީ ނައިފަރުގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު ވާހަކަތަކެވެ.

ނައިފަރަކީ ރާއްޖޭގައި އާބާދީ އެންމެބޮޑު އެއް ރަށް ކަމުގައިވީނަމަވެސް، ޒަމާނުއްސުރެ ނައިފަރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތީ އަދިވެސް ރަނގަޅު ހައްލެއް ނުލިބިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ތަރައްޤީގެ ޗާޓުން ނައިފަރުގެ ޙައްޤު މަޤާމް ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ހޯއްދައިދިނުމުގެ ޙަޤީގީ މަސައްކަތް އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ފަށްޓަވާފައި ކަމަށެވެ.

”ތަރައްޤީގެ ޗާޓުން ނައިފަރުގެ ޙައްޤު މަޤާމް ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ހޯއްދައިދިނުމުގެ ޙަޤީގީ މަސައްކަތް އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިވަނީ ފަށްޓަވާފައި. ރިޔާސީ އިންތިޚާބުގެ ކެންޕެއިނުގައި އެމަނިކުފާނު ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ވަައުދުވެ ވަޑައިގެންނެވިގޮތަށް ’ރަނުން ރަނަށް‘ ތަރައްޤީގެ މަޝްރޫަޢުތައް ތަންފީޛުކޮށްދެއްވާކަން މިއަދު އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައިގަންނަން: ޝިޔާމް

ޝިޔާމް ވިދާޅުވެ ދެއްވީ ނައިފަރުގެ ތަރައްޤީއަށްޓަކާ ރައީސް މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ކުރައްވަން ފައްޓަވާފައިވާ ގިނަގުނަ މަސައްކަތްތަކުގެ ތަފްސީލެވެ.

އެގޮތުން މިހާތަން ކުރެވުނު އަދި ކުރަމުންދާ ކަންކަމުގެ ތެރޭގައި:

  • ފިޔަވަހިތަކަށް ނުބައްސަވާ އެއް ފިޔަވަހިން ރަށުގެ ހުރިހާ މަގުތަކެއް ހެއްދެވުމުގެ މަޝްރޫއު.
  •  ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް ރަށުގެ މިހާރުގެ ބިން ދެގުނަ ކުރެއްވުން.
  • ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް 800 ހައުސިން ޔުނިޓު ޤާއިމު ކޮށްދެއްވުން.
  • ރަށުގައި މިހާރު އޮތް ބަނދަރުގެ ދަތި ހައްލުކުރެއްވުމަށް މިހާރުގެ ބަނދަރުބޮޑުކޮަށް އަޕްގްރޭޑްކޮށް އިތުރު ބަނދަރެއް ހެއްދެވުން.
  • ހުރިހާ ވައްތަރެއްގެ ލެބާއި އިތުރު ކްލާސްރޫމްތަކާ ވަސީލަތް ހިމެނޭގޮތަށް ސްކޫލަށް އިމާރާތެއް އިތުރުކުރުން.
  • ޒަމާނީ ވަސީލަތްތަކާއި އާޚިދުމަތްތަކާއެކު ޅ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުން.
  • 2 ޔުނިވަރސިޓީއެއްގެ ކެމްޕަސް ނައިފަރުގައި ޤާއިމްކުރުމާ، އިސްލާމިކް ސެންޓަރެއް ބިނާކުރުން.
  • ފީފާ ސްޓެންޑަޑްގެ ފުޓުބޯޅަ ސްޓޭޑިއަމެއް ޤާއިމުކުރުން.
  • ގިނަކުޅިވަރުތަކެއް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުން.

 

މީގެ އިތުރުންވެސް ތަރައްޤީގެ މުހިންމު އެތައް މަޝްރޫއެއް ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުން ނައިފަރުގައި ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ނިންމަވާފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި މީގެ ތެރެއިން ގިނަ މަޝްރޫއުތައް މިހާރުވަނީ ކޮންޓްރެކްޓަރުންނާވެސް ޙަވާލުކުރެވި އެކި މަރުޙަލާތަކުގައިކަން މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުން.

ޝިޔާމް ވިދާޅުވީ ރައްޔިތުން އެދޭނީ މިއިން ކޮންމެ މަޝްރޫއެއްވެސް އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ އެތަންތަނުގެ ޚިދުމަތްލިބި ރަށް ބާރަށް ތަރައްޤީވުމަށް ކަމަށާއި، ނައިފަރަކީ މެދު އުތުރުގެ ތަރައްޤީގެ މައި ތަނބެއްކަމުގައިވުމަކީވެސް ރައްޔިތުން އެދޭނެ އަމާޒުކަމަށެވެ.

މިއާއިއެކު މިނިސްޓަރ ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުވާ ހަލުވިމިނުގައި މިކަންކަން ކުރިއަށް ގެންގޮސް ނިންމުމުގައި ރަށު ކައުންސިލްގެ ދައުރު އިންތިހާއަށް ބޮޑު ކަމަށާއި،
ރަށު ކައުންސިލަކީ ރަށުގައި ތަރައްޤީގެ އެކި މަޝްރޫއުތައް ހިނގާނުހިނގާ ގޮތް ގާތުންބަލައި، އެ މަޝްރޫއުތައް ތަންފީޛުކުރުމުގައި ސަރުކާރަށް ހުރިހާގޮތަކުންވެސް އެހީތެރިވާންޖެހޭ އިދާރާއެއް ކަމަށެވެ.

ހަމަމިއާއެކު ލާމަރުކަޒީ ނިޒާމު ތަޞައްވަރު ކުރާގޮތަށް ރަށުގެ ތަރައްޤީއާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި، އެ ނިޒާމަށް ފަރިތަ، އަހުލުވެރި ބަޔަކު ކައުންސިލްގައި ތިބުމަކީވެސް ނުހަނު ބޭނުންތެރި ކަމެއްކަން ފަހަގަކުރެއްވިއެވެ. އަދި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ޤާބިލްކަމާމެދު ސުވާލު އުފެއްދޭނެ ޖާގަ ނެތްކަން މިނިސްޓަރ ޝިޔާމް ހާމަކުރެއްވިއެވެ.

”ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއެކު މިހާރުވެސް ކައުންސިލްގައި ތިއްބެވި 2 މެންބަރުން ހިމެނޭހެން އިންތިޚާބުގައި ކައުންސިލްގެ މެންބަރުކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަކީ ތަޖުރިބާކާރު، ޤާބިލް، އެންމެނާގުޅޭ ރަށުގެ ކުރިއެރުމާއި ތަރައްޤީގެ ރޭހުގައި ނަތީޖާ ނެރެދޭނެ ކެންޑިޑޭޓުން ކަމާމެދަކު އެއްވެސް ޝައްކެއް ނެތް“ ޝިޔާމް ވިދާޅުވިއެވެ.

ރަށު ކައުންސިލަކީ އެއްވެސް ޙާލަތެއްގައި ސަރުކާރާ އިދިކީލިވެ، ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ އިދާރާއެއް ނޫންކަން ފާހަގަކުރައްވާ ޝިޔާމް އެދިވަޑައިގަތީ ރައީސް ޑރ. މުޢިއްޒު ނައިފަރަށް ކަނޑައަޅުއްވާފައިވާ ނައިފަރު ރައްޔިތުން އިންތިހާއަށް އެދޭ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނުގެ ސަރުކާރަށް ތާއީދުކުރައްވާ ޕީ.އެން.ސީގެ ކެންޑިޑޭޓުން އިންތިޚާބުކުރުން އިންތިހާއަށް މުހިއްމު ކަމަށާއި، ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.

”އެހެންކަމުން، ނައިފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދޭ އިޚްލާސްތެރި އެދުމަކީ، ރައީސް ޑރ. މުޢިއްޒު ނައިފަރުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދެވުމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާލުން ދެއްވައި، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދެއްވައި، ބޮޑު ތަފާތަކުން އެބޭފުޅުން އިންތިޚާބުކޮށްދެއްވުމަށް. އަޅުގަނޑު އެދެނީ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއަށް. ان شاء الله“ ޝިޔާމް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި