Ads by
ޚަބަރު
އަލަށް ގޯތި ލިބުމުން ގެދޮރު ބިނާކުރަން ލުއިގޮތަކަށް ލޯނު ލިބޭނެ ގޮތް މުހިންމު: ފައިނު ކައުންސިލް
ރައީސް މުޢިއްޒު ފައިނު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރަށުން އަލަށް ގޯތި ލިބޭ ފަރާތްތަކަށް ގެދޮރު ބިނާ ކުރަން ލުއިގޮތަކަށް ލޯނު ލިބޭނެ ގޮތް ހޯދުމުގެ މުހިންމުކަން މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލުގެ މެންބަރުން ފާހަގަކުރައްވައިފިއެވެ.

Ads by Eki Online

ފައިނު ކައުންސިލުން މިކަން ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު އެ ކައުންސިލާ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރ. މީދޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި އަލަށް ގޯތި ލިބޭ ފަރާތްތަކަށް ގެދޮރު ބިނާކުރުމަށް ލުއިގޮތެއްގައި ލޯނު ލިބޭނެގޮތެއް ހޯދުމުގެ މުހިންމުކަމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ޕިކްނިކު ގޮސް ހެދުމަށް ޚާއްޞަކޮށް ރަށެއް އޮތުމުގެ މުހިންމުކަން ހިމެނެއެވެ.

ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ސަރީފް4 މަސް ކުރިން

ލޯންު. ހެޔޮނުދިނަސްް. ލިބުނުގޯތިދީ އޭރުންއެކަންް. އެނިމުނީީ. މ. އަގަގަދަނުކޮމިކަންނިންމާލަދީ

0
0